ޢަލީ ވަހީދު - ފޮޓޯ: ވަގުތު

މަޖިލީހަށް އެކަކު ހޮވަންޏާވެސް ހޮވަންވީ ޤާސިމް - ޢަލީ ވަހީދު

ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް އެންމެ މެންބަރަކު ހޮވަންޏާވެސް ހޮވަންވީ ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް އޮނަރަބަލް ޤާސިމް އިބްރާހީމް ކަމަށް ޓުއަރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މާމިގިލީގައި ރޭ ބޭއްވި ގާސިމްގެ ކެމްޕެއިން ލޯންޗުކުރުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ، ޤާސިމް އިބްރާހީމަކީ ތަފާތު ޚިޔާލުގެ މީހުންނާ އެކުގައި މަސައްކަތް ކުރުމުގެ ލަޔާޤަތާއި ޤާބިލިއްޔަތު ހުރި، ހިތްވަރުގަދަ ނަމޫނާ ލިބިގަންނަންޖެހޭ ވަރުގެ ސިޔާސީ ލީޑަރެއް ކަމަށެވެ.

"ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް އެކަކު ވައްދަން ޖެހެންޏާވެސް އެ މެންބަރަކީ އޮންރަބަލް ޤާސިމް އިބްރާހީމް. އަޅުގަނޑުމެންނަށް ވަރަށް ސާފު ދިވެހިރާއްޖޭގެ ޤައުމިއްޔަތު، ދިވެހިރާއްޖޭގެ އިސްތިޤްލާލު، ދިވެހިރާއްޖޭގެ ރައްޔިތުންގެ ހައްޤު އެޓް އެނީ ކޯސްޓް ކޮމްޕްރޮމައިޒް ނުކުރާނެ މެންބަރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި ހުންނާނެ މެންބަރެއްގެ ގޮތުގައި މާމިނގިލީ ދާއިރާގެ މެންބަރު އިންނާނެކަމާމެދު ޝައްކެއް ނުކުރަން." ޢަލީ ވަހީދު ވިދާޅުވިއެވެ.

ޢަލީ ވަހީދު ވިދާޅުވީ، ޤާސިމް އިބްރާހީމް ދިވެހިރާއްޖޭގެ ވަރުގަދަ ސިޔާސީ ލީޑަރަކަށް ވެގެންދިޔައީ އެބޭފުޅާގެ ހިކުމަތު ޢަމަލީއާއި އެމަނިކުފާނުގެ ހިތުގައިވާ ޖާގައިގެ ބޮޑުކަމުން ކަމަށެވެ.

"ޤާސިމް އިބްރާހީމް ދިވެހިރާއްޖޭގެ ވަރުގަދަ ސިޔާސީ ލީޑަރަކަށް ވެގެންދިޔައީ އެބޭފުޅާގެ ހިކުމަތު ޢަމަލީއާއި އެމަނިކުފާނުގެ ހިތުގައިވާ ޖާގައިގެ ބޮޑުކަމުން. އަޅުގަނޑު ދެކޭގޮތުގައި ޒުވާނުން، ކުރިއަށް އަންނަން އޮތް ޖީލުތައް ފިލާވަޅާއި، ދަރުސް ލިބިގަންނަން ޖެހޭ ލައިފް ސްޓޯރީއެއް އަޅުގަނޑުމެންގެ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޤާސިމް އިބްރާހީމަކީ." ޢަލީ ވަހީދު ވިދާޅުވިއެވެ.

ޤާސިމް އިބްރާހީމް އަކީ ދިވެހިރާއްޖެ ހަމަމަގަށް އެޅުވުމުގައި އަބަދުވެސް ހިތްވަރުގަދަ ބުރަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. ރައީސް ޔާމީން އަދި ރައީސް ޞޯލިޙް ވެރިކަމަށް ގެނައުމުގައިވެސް ޤާސިމްގެ ދައުރު ވަރަށް ބޮޑެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް