މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި މާމިގިލީ ދާއިރާގައި ބެހެއްޓި ތިން ވޯޓް ފޮއްޓެއްގެ ބާތިލް ވޯޓްތައް ގުނުމުން މާމިގިލީ ދާއިރާގެ މިހާރުގެ މެންބަރު ގާސިމް އިބްރާހިމްއަށް ލިބިވަޑައިގެން ވޯޓް ގިނަވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން އިއުލާން ކުރައްވާފައިވާ ވަގުތީ ނަތީޖާއިން ދައްކާގޮތުންވެސް އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފައިވަނީ މަޖިލީހުގެ ރައީސް، މިހާރުވެސް އެ ދާއިރާގެ މެންބަރު އަދި ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ތަރުޖަމާނު އަޙްމަދު އަކްރަމް ވިދާޅުވީ، އެ ދާއިރާގައި އާދަޔާ ޚިލާފަށް ބާޠިލް ވޯޓް ގިނަ ކަމަށާއި، އެހެންކަމުން ކޮމިޝަނުން ނިންމާފައިވަނީ ހަމައެކަނި ބާޠިލް ވޯޓް ގުނަން ކަމަށެވެ.
މާމިގިލީ ދާއިރާއަށް ގާސިމްއާއެކު ވާދަކުރެއްވީ އެމްޑީޕީ ކެނޑިޑޭޓް އަލީ އަމީޒެވެ. އަލީ އަމީޒު ބަލިވީ ކުޑަ ތަފާތަކުންނެވެ.
އަލުން ގުނުމުން 100 އަށްވުރެ ގިނަ ވޯޓްގެ ތަފާތު އައިސްފައިވެއެވެ.