އާސެނަލްގެ ރެކޯޑާއި ލިވަޕޫލަށް އެއްވަރު ކުރެވޭނެހެނެއް ހިއެއްނުވޭ: ކްލޮޕް

އާސެނަލްއިން ބަލިނުވެ 49 މެޗު ފުރިހަމަކޮށް ހެދި ރެކޯޑާއި އެއްވަރުކުރަން ލިވަޕޫލަށް އެއްވަރުކުރެވޭނެކަމަށް ހީނުކުރާކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފިއެވެ.

ލިވަޕޫލުން މިސީޒަންގެ ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު 18 މެޗުންވެސް ބަލިވެފައިނުބާއިރު، 17 މެޗުން މޮޅުވެ، 1 މެޗުވަނީ ޑްރޯވެފައެވެ. އަދި 52 ޕޮއިންޓާއެކު އޮތީ ތާވަލްގެ އެއްވަނާގައެވެ.

ބުރާސްފަތި ދުވަހުގެ ރޭ ލެސްޓާ އަތުން ލިބުނު މޮޅާއެކު، ލިވަޕޫލުންވަނީ ބަލިނުވެ، 35 މެޗު ހަމަކޮށްފައެވެ.

މީގެއިތުރުން ލިވަޕޫލުން މިސީޒަންގެ ޕްރިމިއާ ލީގުގެ ތަށި އުފުލާލާނެކަމަށް ގިނަ ބުނަމުން ގެންދާއިރު، އެއްވެސް މެޗަކުން ބަލިނުވެ 2003-04 ސީޒަންގައި ޕްރިމިއާ ލީގު ކާމިޔާބުކޮށް އާސެނަލް ހެދި ރެކޯޑް މިސީޒަންގައި ލިވަޕޫލް ހެދުން ގާތްކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.

"49 މެޗުން ބަލިނުވެ، އާސެނަލް ހެދި ރެކޯޑާއި ލިވަޕޫލަށް އެއްވަރު ކުރެވޭނެހެނެއް ހިއެއްނުވޭ." ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުން ކްލޮޕް ބުންޏެވެ.

މީގެއިތުރުން ކްލޮޕް ބުނީ، ސަޕޯޓަރުންގެ ފަރާތުން ޓީމަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުން އަންނަކަމަށާއި، ކުރިއަށް އޮތްތާވެސް އެކަން ތަކުރާރުވަމުން އަންނާނެކަމަށް އުންމީދުކުރާކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ