ދުނިޔޭގެ ގިނަ ބައެއްގެ މެދުގައި މަޤުބޫލުކަން ހޯދާފައިވާ ބްރޭންޑް "ރިޕް ކާލް"ގެ ރަސްމީ ފިހާރައެއް ރާއްޖޭގައި ހުޅުވައިފިއެވެ. ރިޕްކާލްގެ ރަސްމީ ފިހާރަ، ރާއްޖޭގައި ހުޅުވާފައިވަނީ ސިމްޑީ ކުންފުނީގެ ފަރާތުންނެވެ.
އޮސްޓްރޭލިޔާގައި 1969 ވަނަ އަހަރު ރިޕް ކާލް ބްރޭންޑް އުފެދިގެން އައިސްފައިވާއިރު، ރާޅާއެޅުމުގެ އިންޑަސްޓްރީގެ އެންމެ ވަރުގަދަ ތިން ބްރޭންޑުގެ ތެރެއިން އެއް ބްރޭންޑަކީ ރިޕްކާލް އެވެ. ހަމައެހެންމެ، މޫދުކުޅިވަރުގައި ހަރަކާތްތެރިވާ ޒުވާނުންނާއި، އެނޫންވެސް ދިވެހި ޒުވާނުންގެ މެދުގައިވެސް މިއީ ވަރަށް މަޝްހޫރު ބްރޭންޑެކެވެ.
މާލެ އަތޮޅު މެރީނާ ކްރޮސްރޯޑްސްގައި މި ފިހާރަ ހުޅުވާފައިވާއިރު، މި ތަނުންވެސް ސާފިންގ ސްޕޯޓްސްވެއަރ އާއި އެނޫންވެސް ގުޅުންހުރި އުފެއްދުންތައް ގަންނަން ލިބޭނެއެވެ.
މި ފިހާރަ އާއްމުންނަށް ހުޅުވާފައިވާއިރު، ދުނިޔޭގެ ފެންވަރުގެ އަންނައުނު ބްރޭންޑެއްގެ ރަސްމީ ފިހާރައެއް ރާއްޖޭގައި ހުޅުވިގެން ދިއުމަކީ މި ދާއިރާއަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ފާހަގަކުރެވޭނެއެވެ.




