ވަގަށް ނަގާފައިވާ ޓެބްލެޓް އަކާއި ޖީޕީއެސްއެއް ފުލުހުން ހޯދައިފިއެވެ.
ފުލުހުން ވިދާޅުވީ، ގަލޮޅު ޕޮލިހުން މަގުމަތި ޕެޓްރޯލް ކުރަމުގެ ތެރޭގައި ޝައްކުކުރެވުނު މީހެއް ހުއްޓުވައި ބަލައި ފާސްކުރިއިރު، މީހެއްގެ އަތުން ވަގަށް ނަގާފައިވާކަމަށް ބެލެވޭ ޓެބްލެޓްއަކާއި އޭގެ ކީބޯޑު ކަވަރު ފެނިފައިވާކަމަށެވެ.
އަދި މިމައްސަލާގައި ދިވެހި ފިރިހެނަކު ޙައްޔަރުކޮށް މައްސަލަ ތަޙުޤީޤު ކުރަމުންދާކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.
Miadhu #GalolhuPolice magumathi patrol kuramun dhiya iru shakku kurevigen huttuva balaifaaskuri meehehge athun vagah nagaafaivaa kamah belevey tablet akaai eyge keyboard cover fenifaivey. Mi massalaigai Dhivehi firiheneh hayyarukoh thahqeeq kuriah dhany. pic.twitter.com/KWJgZAzdiw
— Maldives Police (@PoliceMv) December 28, 2019
މީގެއިތުރުން ފުލުހުން ވިދާޅުވީ، މަގުމަތި ޕެޓްރޯލް ކުރަން އުޅުމުގެ ތެރޭގައި މިއަދު ހެނދުނު 11:55 ހާއިރު ޝައްކުކުރެވުނު މީހެއް ހުއްޓުވައި އޭނާ ބަލައިފާސްކުރެވުނުއިރު، ވަގަށް ނަގާފައިވާކަމަށް ބެލެވޭ ޖީޕީއެސް އެއް އޭނާގެ އަތުން ފެނިފައިވާކަމަށެވެ.
އަދި ފުލުހުން ވިދާޅުވީ މިމައްސަލާގައި އުމުރުން 37 އަހަރުގެ ދިވެހި ފިރެހެނަކު ޙައްޔަރުކުރެވިފައިވާކަމަށެވެ. މިމައްސަލަވެސް ފުލުހުންދަނީ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.



