ވައްކަންކުރި ދިވެއްސަކު އަތުލައިގަތުމުން މަޢާފަށް އެދޭ ވީޑިއޯއެއް މީސްމިޑިއާގައި ދައުރުވަނީ!

ދިވެހި ވަގަކު އަތުލައިގަތުމުން މަޢާފަށް އެދޭ ވީޑިއޯއެއް މީސްމިޑިއާގައި ދައުރުވާން ފަށައިފިއެވެ.

މީސްމީޑީއާގައި މިހާރު އާންމުވެފައިވާ ވީޑިއޯގައި ފެންނަނީ ދިވެހި ފިރިހެނަކު އޭނާގެ އައިޑީކާޑު ކެމެރާއަށް ދައްކައިގެން މަޢާފަށް އެދޭ މަންޒެރެވެ.

"އެއްވެސްކަމެއް ދެން ނުކުރާނަން. އަޅުގަނޑު އެއްފަހަރެއްކަމަށް ދޫކޮށްލާ." ވަގު ބުނެއެވެ.

އަދި ވަގަށް ނެގީ ކޯޗެއްތޯ ވަގުކަލޭގެއާއި ސުވާލުކުރުމުން އެތާ ހުރި ދެ ކޮފީ ފުޅިއަށް އިޝާރާތްކުރަމުން ކޮފީ ފުޅިކަމަށްވެސް ބުނެއެވެ. އަދި އެހެން އެއްވެސް ތަނަކުން ވައްކަން ނުކުރާކަމަށްވެސް ބުނެއެވެ.

https://www.facebook.com/watch/?v=2472749863044108

ވަގުން އަތުލުމަށްފަހު ތަފާތު އަދަބުދީ ބޭޒާރުކުރުމުގެ ގޮތުން ވީޑިއޯކޮށް މީސްމީޑިއާގައި އާންމުކުރުމަކީ މިފަހަކަށް އައިސް ރާއްޖޭގައި އާންމުވެފައިވާކަމެކެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ފެންނަންނެ ތުން

    ތިމީޑިޔާގަ އެ ވީޑިޔޯ ނުފެނުން އެއީ ކަޑަ ކަމެތް

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ