ބިދޭސީ ދެގްރޫޕެއްގެ މެދުގައި މާރާމާރީ ހިންގައިފިއެވެ.
ފުލުހުން ވިދާޅުވީ މިރޭ 07:02 ހާއިރު، ބިދޭސީ ދެގްރޫޕެއްގެ މެދުގައި މިމާރާމާރީއެއް ހިންގައިގެން ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ.
މާލޭ މަޖީދީ މަގުގައި ހިންގި މިމާރާމާރީގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާކަމަށް ފުލުހުން ވިދާޅުވިއިރު، އަނިޔާލިބުނު މީހާއަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، މިމާރާމާރީގައި ހަތަރު ބިދޭސީއަކު ޝާމިލްވާކަމަށާއި، އެހަތަރު މީހުންވެސް ފުލުހުންގެ މަރުކަޒަށް މިހާރު ގެންގޮސްފައިވާކަމަށެވެ.
ފުލުހުންދަނީ މިމައްސަލަ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.




