ތިލަފުށީގައި އޮތް ލޯންޗެއްގައި ރޯވެއްޖެ

ކ. ތިލަފުށީ ފަޅުތެރޭގައި އޮތް ލޯންޗެއްގައި ރޯވެ ވަރަށް ބޮޑަށް އަނދައިފިއެވެ.

ފުލުހުން ބުނީ ތިލަފުށީ ފަޅުތެރޭގައި އޮތް ލޯންޗެއްގައި ރޯވެފައި ވާ ކަމަށާއި މި ހާދިސާ ރިޕޯޓުކޮށްފައިވަނީ މިއަދު 11:45 ހާއިރު ކަމަށެވެ.

މި ހާދިސާގައި ބިދޭސީއަކަށް އަނިޔާ ވެފައިވާތީ ފަރުވާ ދިނުމަށް މާލެ ގެނެސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ ސިފައިން ނާއި ގުޅިގެން އަލިފާންގަނޑު މިހާރު ކޮންޓްރޯލު ކޮށްފައިވާ ކަމަށެވެ.

މިކަމާއި ގުޅިގެން އެމް.އެން.ޑީ އެފް އިން ބުނެފައިވަނީ މި ހާދިސާގައި ލޯންޗުގެ ގެގަނޑު އެއްކޮށް އަނދާފައިވާއިރު ކައިރީގައި އަޅާފައިއޮތް ދޯންޏަކަށް ވެސް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި ރޯވި އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ ތިލަފުށީ ފަޔާރ ސްޓޭޝަންގެ ސިފައިންކުރި ބުރަ މަސައްކަތުން މިއަދު 12:15 ހާއިރު ކަމަށްވެސް އެމް.އެން.ޑީ އެފް އިން ވަނީ ބުފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ