ޕްރިމިއާ ލީގު އުޅެނީ ލަލީގާއަށްވުރެ މަތީ ލެވެލްއެއްގައި: ޑިޔޯން

އިންގްލިޝް ޕްރިމިއާ ލީގަކީ ސްޕެނިޝް ލަލީގާއަށްވުރެ މަތީ ފެންވަރެއްގެ ލީގެއްކަމަށް ބާސެލޯނާގެ މެދުތެރެއަށް ކުޅެމުން އަންނަ ނެދަލޭންޑްގެ ފްރެންކީ ޑިޔޯން ބުނެފިއެވެ.

އަޔޭކްސް ދޫކޮށް ޑިޔޯން ސްޕެއިންގެ ބާސެލޯނާއާއި ގުޅުނީ މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައެވެ. އަދި އޭނާއަކީ ވަލްވާޑޭ ޓީމުގައި މުހިންމު ރޯލެއް އަދާކުރަމުން އަންނަ ކުޅުންތެރިއެކެވެ.

ނޫސް މަޖައްލާއަކަށް ދިން އިންޓަރވިއުއެއްގައި ޑިޔޯންބުނީ ޔޫރަޕްގެ ބޮޑެތި މުބާރާތްތަކުގައި ސްޕެއިންގެ ޓީމުތައް އަތްގަދަކުރަމުން ދިއުމާއެކު ދުނިޔޭގައި އޮތް އެންމެ ވަރުގަދަ ލީގަކީ ސްޕެއިންގެ ލަލީގާކަމަށް ހީކުރިކަމަށެވެ. އެގޮތުން ޗެމްޕިއަންސް ލީގުގައާއި ޔޫރޮޕާ ލީގުގައި އެންމެ ދުރަށް ދަތުރުކުރާ ޓީމުތަކުގެ ތެރޭގައި ސްޕެއިންގެ ޓީމުތަށް ހިމެނޭކަމަށާއި، ގިނަ ފަހަރު މިމުބާރާތްތަކުގެ ތަށިވެސް އުފުލާލަނީ ސްޕެއިންގެ ޓީމުތަކަށް އޭނާ ބުންޏެވެ.

"ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އިންގްލިޝް ޕްރިމިއާ ލީގު ކްލަބުތައްވަނީ ފެންވަރު ރަނގަޅުކޮށް ލީގުތަކުގައި ބާރު ގަދަކޮށްފައި." ޑިޔޯން ބުންޏެވެ.

މީގެއިތުރުން ޑިޔޯން ބުނީ ހުނަރަށް ބަލާއިރު، ސްޕެއިން ކްލަބުތައް ކުރީގައި އުޅޭނަމަވެސް، ވާދަވެރިކަމާއި ހަމަހަމަކަމަށް ބަލާއިރު، ޕްރިމިއާ ލީގު އުޅެނީ އެހެން ލެވެލްއެއްގައި ކަމުގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ