ވައްކަމުގެ ތުހުމަތުގައި އުމުރުން 40 އަހަރުގެ ދިވެއްސަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މާފަންނު ޕޮލިހުން މާލެ ތެރެ ޕެޓްރޯލް ކުރަމުން ދިޔައިރު ޝައްކު ކުރެވިގެން ހުއްޓުވި މީހާގެ އަތުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ޑިގްރީ ކީހެއް ފެނިފައިވާތީ އެމީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި ކަމުގައި ހައްޔަރުކޮށްފައިވަނީ ދިވެހި ފިރިހެނެއް ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މިހާރު މިމައްސަލަ ފުލުހުންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މި ފަހަކަށް އައިސް ވައްކަމުގެ މައްސަލަތައް ރާއްޖޭގައި ވަނީ ވަރަށް ގިނަވެފައެވެ. އެގޮތުން މިއަދު ފުލުހުން އާންމުކުރި މި އަހަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ވޭތުވެދިޔަ ފަސް އަހަރުގެ ދުވަހުގެ ތެރޭގައި ވައްކަމުގެ މައްސަލަތައް އެންމެ ގިނައިން ރިޕޯޓް ކުރެވިފައި ވަނީ މި އަހަރުއެވެ.




