ހަމައަށް ސަރވިސް ޗާޖު ނުދޭ ފަރާތްތަކަށް ފިޔަވަޅު އަޅަންޖެހޭ - މޫސާ ސިރާޖް

ގާނޫނުގައި ބަޔާން ކޮއްފައިވާގޮތަށް ސަރވިސް ޗާޖު ނުދޭ ފަރާތްތަކަށް ފިޔަވަޅު އަޅަންޖެހޭނެ ކަމަށް ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

ސާރވިސް ޗާރޖް ގެ ވާހަކަ ދެއްކުމުން ހޮނޑާފުށީ މުވައްޒަފަކު ވަޒީފާއިން ވަކިކުރި މައްސަލައާއި ގުޅިގެން އެކަމަށް ރައްދު ދެއްވަމުން މޫސާ ސިރާޖު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިކަމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށާއި މުވައްޒަފުންގެ ހައްގުތައް ރައްކާތެރި ކުރެވެންޖެހޭނެ ކަމަށެވެ.

ސަރވިސް ޗާޖަކީ މުވައްޒަފުންގެ ހައްގެއް ކަމަށާއި އަދި ހަމައަށް ސަރވިސް ޗާޖު ނުދޭނަމަ އެވާހަކަ ދައްކާނެ ކަމަށްވެސް މޫސާ ސިރާޖް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

ހޮނޑާފުށި ރިސޯޓުގައި ސެކިއުރިޓީ އޮފިސަރެއްގެ ވަޒީފާ އަދާކުރަމުން އައި އުމުރުން 29 އަހަރުގެ އަހުމަދު ޝިމްހާޒް ވަޒީފާއިން ވަކިކޮށްފައިވަނީ ސަރވިސް ޗާރޖުގެ ގޮތުގައި ދެނީ އެންމެ 11 ޑޮލަރު ކަމަށް ބުނުމުންނެވެ.

ޝިމްހާޒް ވަނީ ހޮނޑާފުށި ރިސޯޓުން އޭނާއަށް ކުރަމުންދަނީ ރަނގަޅު ތުހުމަތުތަކެއް ނޫންކަމަށް ބުނެ އެ ތުހުމަތުތައް ދޮގު ކޮށްފައެވެ.

ޝިމްހާޒުގެ ދިފާއުގައި ނުކުމެ އެތައްބަޔަކުދަނީ އަޑު އުފުލަމުންނެވެ. ރިސޯޓް ބޯއީސް މޯލްޑިވްސް ފޭސްބުކް ޕޭޖުގައި ބުނެފައިވަނީ ވަޒީފާއިން ކަނޑާލި ޝިމްހާޒްއަށް ދަނީ ގިނަ އޮފާރ ތަކެއް ލިބެމުންކަމަށެވެ. އެގޮތުން ހާޑްވެއާ ކުންފުންޏެއް ކަމަށްވާ ސޭލްސްކޯ އިންވެސް ވަނީ އޭނާއަށް ވަޒީފާ ދިނުމަށް ނިންމައިފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޝިމްހާޒް ވަޒީފާ އިން ވަކިކުރުމަށްފަހު ރިސޯޓުން ފުރުވާލީ، ހދ. އަތޮޅު ހަނިމާދޫ އިން ގެސްޓް ހައުސް އެއް ހަމަޖައްސައިދޭނެ ކަމަށް ބުނެ ކަމަށާއި، ނަމަވެސް ހަނިމާދޫއަށް އޭނާ ގެންދިޔަ ރިސޯޓުގެ ލޯންޗް، އެ ރަށަށް އޭނާ ދޫކޮށްލާފައި ދިޔައީ ކަމަށާއި، އޭގެފަހުން އެއްވެސް އެހީތެރިކަމެއް ރިސޯޓުން ވެފައި ނުވާ ކަމަށްވެސް މައުލޫމާތު ލިބިއެވެ.

މިފަދަ ކަންކަމަކީ އެކަމުން އެތައްބައެއްގެ ހައްޤުތަކަށް އަސަރުކުރާފަދަ ކަންތައްތަށް ކަމުން މިކަންކަން ގާތުންބަލައި ތަހުޤީގުކޮށް ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކަށް ފިޔަވަޅު އަޅަން ޖެހޭނެއެވެ.


މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ