ޅ.ކުރެންދޫ ފުޓްބޯޅަ ދަނޑު - ފޮޓޯ: މީސްމީޑިއާ

9 ރަށެއްގެ ފުޓްބޯޅަ ދަނޑު ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ނުވަ ރަށެއްގެ ފުޓްބޯޅަ ދަނޑު ތަރައްޤީ ކުރުމުގެ އެގްރީމެންޓްގައި މިއަދު ސޮއިކޮށްފިއެވެ.

މިއަދު ސޮއިކޮށްފައިވަނީ ހއ. ދިއްދޫ، ށ. މިލަންދޫ، ށ. ފޯކައިދޫ، ށ. ފުނަދޫ، ނ. ވެލިދޫ، ކ. ގުޅ،ި ކ.ގުރައިދޫ، އއ. ރަސްދޫ އަދި އދ. މާމިގިލި ފުޓްބޯޅަ ދަނޑުތައްރަށްޤީ ކުރުމުގެ އެއްބަސްވުމުގައެވެ. މީގެ އިތުރުން މިހާރު ލޮނުޒިޔާރަތްކޮޅުގައި އޮންނަ ފުޓްސަލް ދަނޑު ތަރައްގީ ކުރުމަށްވެސް ހަމަޖެހިފައިވާކަމުގައި ޔޫތް މިނިސްޓްރ މަޙްލޫފް ވަނީ ވިދާޅުވެފައެވެ.

މި އެގްރީމެންޓްތަކުގައި ސޮއިކުރުމަށް ޔޫތް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ފުޅު ދައްކަވަމުން މިނިސްޓަރ މަޙްލޫފު ވިދާޅުވީ ފުޓް ބޯޅަ ދަނޑުތައް ތަރަށްޤީ ކުރުމުގެ ގޮތުން 37 ދަނޑުގައ ޓާފް އެޅުމަށް ބޭނުންވާ ޓާފް ގެނައުމުގެ މަސައްކަތް މިހާރުވެސް ކުރިޔަށް ދާކަމަށެވެ. އެގޮތުން ބައެއް ދަނޑުތަކަށް ޓާފް ގެނައުމަށް ބިޑް މަރުހަލާ ކުރިޔަށް ދާއިރު، 13 ދަނޑެއްގައި ޓާފް އެޅުމަށް ކޮންޓްރެކްޓަރާއި މިހާރު ހަވާލުކޮށްފައިވާކަމުގައި މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

އަދި މި މަސައްކަތް މައްސަލައެއް ދިމާނުވެ ކުރިޔަށް ދާކަމުގައި ވާނަމަ އަންނަ އަހަރުގެ މެދުތެރޭގައި ޓާފް އެޅުމުގެ މަސައްކަތްތައް ހުންނާނީ ފެށިފައިކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. ކުރިޔަށް އޮތް އަހަރު ސަރުކާރުން އެ މިނިސްޓްރީއަށް ކަނޑައަޅާފައިވާ ބަޖެޓް މިއަހަރަށްވުރެ 300 މިލިއަން ރުފިޔާ އިތުރުކަންވެސް މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ.

ފުޓްސަލް ދަނޑުތަކުގެ ބަދަލުގައި ފުޓް ބޯޅަ ދަނޑުތައް ކޮންމެ ރަށެއްގައި ތަރަށްޤީ ކުރުމަކީ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ