ކުޅުދުއްފުށި އެއަރޕޯޓް - ފޮޓޯ: ޕީއެސްއެމް

ޖަނަވަރީ އެކަކުން ފެށިގެން ކުޅުދުއްފުށި ސިޓީ އަކަށް

2020 ވަނަ އަހަރުގެ ޖަނުއަރީ އެކަކުން ފެށިގެން ކުޅުދުއްފުށި ސިޓީއެއް ކަމުގައި ހަމަޖެއްސުމަށް ނިންމައިފިއެވެ.

ރައީސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅޫވީ "1 ޖަނަވަރީ 2020 އިން ފެށިގެން ހދ. ކުޅުދުއްފުށްޓަކީ ލާމަރުކަޒީ ޤާނޫނުގައި އޮންނަ އުޞޫލުން ސިޓީއެއް ކަމުގައި ހަމަޖެއްސުމަށް މިއަދު އަޅުގަނޑު ނިންމައިފިން" ކަމަށެވެ.

ކުޅުދުއްފުށި ސިޓީއަކަށް ހެދުމަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

ލާމަރުކަޒީ ގާނޫނު ބުނާ ގޮތުން ސިޓީއެއްގެ ދަރަޖަ ދެވޭނީ އާބާދީގައި އެންމެ މަދުވެގެން 10،000 ރައްޔިތުން ހިމެނޭ ރަށްތަކަށެވެ. މިހާތަނަށް ރާއްޖޭގައި ސިޓީ ދަރަޖަ ދީފައިވަނީ ތިން ރަށަށްކަށެވެ. އެއީ އައްޑޫ ސިޓީ، މާލެ ސިޓީ އަދި ފުވައްމުލަކު ސިޓީ އެވެ.

މާދަމާއިން ފެށިގެން ކުޅުދުއްފުށްޓަކީ ލާމަރުކަޒީ ޤާނޫނުގައި އޮންނަ އުޞޫލުން ސިޓީއެއް ކަމަށް ވެގެންދާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ