2022 އާއި ހަމައަށް ރެއަލްމެޑްރިޑްގައި މަޑުކުރަން ބެންޒެމާ އެއްބަސްވެއްޖެ

2022 އާއި ހަމައަށް ރެއަލްމެޑްރިޑްގައި މަޑުކުރަން އެކްލަބަށް ކުޅެމުން އަންނަ ފްރާންސްގެ ތަރި ކަރިމް ބެންޒެމާ އެއްބަސްވެއްޖެއެވެ.

ރެއަލްމެޑްރިޑާއެކު ބެންޒެމާ މިހާރު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް އަންނަނީ 2021 ވަނަ އަހަރުއެވެ. ރިޕޯރޓްތައް ބުނާގޮތުގައި ރެއަލްމެޑްރިޑްގެ އާއެއްބަސްވުމުގައި މިހޫނު މޫސުމުގައި ބެންޒެމާ ސޮއިކުރާނެއެވެ. މިއާ އެއްބަސްވުމާއެކު އިތުރު 12 އަހަރު ރެއަލްމެޑްރިޑްގައި ބެންޒެމާ މަޑުކުރާނެކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ދިގު މުއްދަތެއްގެ އެއްބަސްވުމަށް ބެންޒެމާ މިހާރު ދާން ބޭނުންނުވާއިރު، އޭނާގެ ބެސްޓް ނުދެއްކޭ ދުވަސްވަރެއްގައި މެޑްރިޑްގައި މަޑުކުރާކަށް ބެންޒެމާ ބޭނުމެއް ނުވެއެވެ.

އާއެއްބަސްވުމުގެ މުއްދަތު ހަމަވާއިރު ބެންޒެމާއަށް އުމުރުން 34 އަހަރު ފުރޭނެއެވެ.

ފްރާންސް ގެ ލިޔޯން ދޫކޮށް ރެއަލްމެޑްރިޑާއި ބެންޒެމާ ގުޅުނީ 2009 ވަނަ އަހަރުގެ ޖުލައި މަހުއެވެ. އޭގެ ފަހުން ކްލަބުގެ ފުރަތަމަ 11 ޖާގައެއް ހޯދަމުން އަންނަ ބެންޒެމާ ރެއަލްމެޑްރިޑާއެކު 4 ޗެމްޕިއަންސް ލީގު، ދެ ލަލީގާ އަދި ދެ ސްޕެނިޝް ކަޕް ކާމިޔާބުކޮށްފައިވެއެވެ.

މިސީޒަންގައި މިހާތަނަށް ޖެހި 12 ލަނޑާއެކު ލަލީގާގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިންގެ ލިސްޓްގެ ދެވަނާގައި އޮތީވެސް ބެންޒެމާއެވެ. މިލިސްޓްގެ އެއްވަނާގައި މެސީ އޮތީ 13 ލަނޑާއެކުގައެވެ.

ބެންޒެމާއާއި ރެއަލްމެޑްރިޑާއި ދެމެދު ބަދަހި ރަނގަޅު ގުޅުމެއް އަބަދުވެސް އޮންނައިރު، އޭނާއަކީ އެކްލަބުގެ ރައީސް ފްލޮރެންޓީނާ ޕެރޭޒްއަށް ވަރަށް ކަމުދާ ކުޅުންތެރިއެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ