މާލޭގެ ގެސްޓް ހައުސްއެއްގެ ތެރޭގައި ދިވެއްސަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން ވިދާޅުވީ، މާލޭ ގަލޮޅުގައި ހުރި ގެސްޓްހައުސް އެއްގެ ތެރޭގައި މަރުވެފައި އޮއްވާ 34 އަހަރުގެ ދިވެއްސެއް ފެނިފައިވާ ކަމަށާއި، އެކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ ރޭ މެންދަމު 01:47 ހާއިރު ކަމަށެވެ.
އިތުރަށް ފުލުހުން ވިދާޅުވީ، އެމީހާ މަރުވެފައި އޮތް ގެސްޓް ހައުސްއަށް ވަތް މީހަކު ފުލުހުންނަށް ރިޕޯޓް ކުރުމުން، ފުލުހުން ގޮސް އެމީހާ އައިޖީއެމްއެޗަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށެވެ.
މަރުވެފައިވާ މީހާގެ ހަށިގަނޑުގެ ބޭރުފުށުން އަނިޔާގެ އެއްވެސް ނިޝާނެއް ފެނިފައި ނުވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.



