މިއަދު ހެނދުނު ޅ. ނައިފަރުން ޕާޓީ ޑްރަގްސް އާއިއެކު މީހަކު ހައްޔަރުކޮށްފިއެވެ.
މިއަދު ހެނދުނު ޅ.ނައިފަރުގައި ނައިފަރު ޕޮލިހުން ހިންގެވި ހާއްސަ އޮޕަރޭޝަނެއްގައި 31 ގުޅަ ޕާޓީ ޑްރަގްސް އާއިއެކު ހައްޔަރު ކޮށްފައިވަނީ ދިވެހި ފިރިހެނެކެވެ. މިމީހާ ފުލުހުން ހައްޔަރުކޮށްފައިވަނީ މިއަދު ހެނދުނު 6:02 އެހާއިރުކަމަށް ފުލުހުން މަޢުލޫމާތު ދެއްވައެވެ.
މިމައްސަލަ މިހާރު ފުލުހުން ގެންދަވަނީ ތަޙްޤީގު ކުރައްވަމުންނެވެ.
އާއަހަރާއި ދިމާކޮށް ރާއްޖޭގެ އެކިކަންކޮޅު ތަކުގައި ފުލުހުން ގެ އޮޕަރޭޝަންތައް ދަނީ ހިންގަމުންނެވެ. އެގޮތުން ރޭ ކޯޓު އަމުރެއްގެ ދަށުން މާފަންނުގައި ހުރި ގެޔެއް ބަލައި ފާސްކުރުމަށް ވަތްތަނުން އެގޭތެރެއިންވަނީ ބަނގުރާ ފުޅިތަކެއް މަގުމައްޗަށް އުކާލައިފައެވެ. އަދި ރޭ މާފުށިންވެސް ވަނީ މަސްތުވާތަކެއްޗާއިއެކު ބިދޭސީއަކު ހައްޔަރުކޮށްފައެވެ.




