ވ. ފެލިދޫއިން އޮޔާދިޔަ ފަތުރުވެރިއަކު އެރަށުގައި މަސައްކަތްކުރާ ފުލުހުން ސަލާމަތް ކޮށްފިއެވެ.
މިއަދު ހެނދުނު ހިނގި މި ހާދިސާގައި ފަތުރުވެރިޔާ އޮޔާދިޔަކަން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އޮޔާދިޔަ ފަތުރުވެރިޔާގެ އަނބިމީހާއެވެ.
"2020 ޖަނަވަރީ 1 ވަނަ ދުވަހުގެ ހެނދުނު 11:40 ހާއިރު ވ.ފެލިދޫގައި އިޓަލީ ފަތުރުވެރިއަކު ރޮމުން ޕޮލިސް ސްޓޭޝަނަށް އޭނާގެ ފިރިމީހާ އޮޔާދާކަމަށް ބުނުމުން، ފެލިދޫ ޕޮލިސް އިން ވަނީ މޫދަށް އެރި އޮޔާ ދިޔަ ފަތުރުވެރިޔާ ސަލާމަތް ކޮށްފައި." ފުލުހުން ވިދާޅުވިއެވެ.
2020 January 1 vana dhuvahuge hendhunu 11:40 kanhaairu V.Felidhoo gai Italy touristaku romun police station ah ais eynaage firimeeha oyaa dhaakamah bunumun, #FelidhooPolice vany moodhah eri oyaa dhaa tourist salaamaiykoh ehgama hama'ah genesdheefai. Touristge haalu rangalhu. pic.twitter.com/v55ZE5WP5h
— Maldives Police (@PoliceMv) January 1, 2020
އޮޔާދިޔަ ފަތުރުވެރިޔާ އެއްގަމާ ހަމައަށް ގެނެސްފައިވަނީ ފުލުހުން ކަމަށާއި، އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފަތުރުވެރިން ގެނބިގެން މަރުމާ މައްސަލަތައް ވޭތުވެދިޔަ އަހަރުވެސް ގިނަ އަދަދަކަށް ފެންމަތިވެފައިވެއެވެ.