ގެއެއް ބަލާ ފާސްކޮށް ބަނގުރާ ޕަކެޓްތަކެއް ހޯދައިފި

ކޯޓު އަމުރެއްގެ ދަށުން މާލޭގެ ގެއެއް ބަލާފާސްކޮށް ބަނގުރާ ޕަކެޓްތަކެއް ހޯދާފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ބަނގުރާ ގެންގުޅޭކަމަށް އެފަރާތަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މިއަދު މާފަންނު ޕޮލިސް އިން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން މާފަންނު ގެއެއްބަލައި ފާސްކޮށް އެގެއިން 4 ޕަކެޓް ބަނގުރާ ހޯދާފައިވާކަމަށެވެ.

ފުލުހުން ވިދާޅުވެފައި ވަނީ މި މައްސަލަ ތަޙްޤީޤު ކުރަމުން ދާކަމަށެވެ.

އާއަހަރާއި ދިމާކޮށް ފުލުހުން ކުރިޔަށް ގެންދިޔަ އެކިއެކި އޮޕަރޭޝަންތަކުގައި ވަނީ ބަނގުރާ ހޯދައި، އެކި މައްސަލަތަކުގައި ގިނަ އަދަދެއްގެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ