އާއަހަރާއި ދިމާކޮށް އދ. އަތޮޅުން އެއްވެސް ކަމެއް ފާހަގަވެފައެއްނުވޭ - ޕޮލިސް

އާއަހަރާ ދިމާކޮށް އދ. އަތޮޅުން އެއްވެސް ރަށަކުން ޤާނޫނާއި ޤާވާއިދާ ޚިލާފު އެއްވެސް ކަމެއް ފާހަގަވެފައި ނުވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވެފައި ވަނީ އާއަހަރާއި ދިމާކޮށް ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަން އދ. އަތޮޅުގައި ފުލުހުން ޤާއިމްވެފައި ތިބި ހުރިހާ ރަށެއްގައި ކުރިޔަށް ގެންދެވިފައިވާކަމަށެވެ. އެގޮތުން މި އޮޕަރޭޝަންގައި ޕެޓްރޯލްކޮށް ރަށުތެރެ ބެލެހެއްޓިފައި ވާހަކަމަށް ފުލުހުން ވަނީ ވިދަޅުވެފައެވެ.

"ޝައްކުކުރެވޭ މީހުން ހުއްޓުވައި ސުވާލު ކުރެވިފައިވޭ" ފުލުހުން ވިދާޅުވެފައިވެއެވެ. ފުލުހުން ވިދާޅުވީ ރަށުތެރޭގައި ޤަވާއިދާއި ޚިލާފު އެއްވެސް ކަމެއް ކުރޭތޯ ބެލެވިފައިވާކަމަށެވެ.

ފުލުހުން އިތުރަށް ވިދާޅުވީ މި އޮޕަރޭޝަންގައި އދ. އަތޮޅުން އެއްވެސް ރަށަކުން ޤާނޫނާއި ޤަވާއިދާއި ޚިލާފު އެއްވެސް ކަމެއް ހިންގިކަމުގެ ޝަކުވާއެއް ފުލުހުންނަށް ލިބިފައި ނުވާކަމަށާއި އަދި މިކަހަލަ ކަމެއް ފާހަގަ ކުރެވިފައިވެސް ނުވާކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ