އެއިރެއްގަ އަންނަ ފެޝަނަކާއި އެއްގޮތަށް ބަދަލުވުމަކީ ވަރަށް ގިނަބައެއްގެ އާދައެވެ. ލާން ގެންގުޅޭ ހެދުމަށް، ދަބަހަށް، ބޫޓަށް ނުވަތަ އަތުގައި އަޅާ ގަޑިއަށް ބަދަލެއް އައިކަމުގައި ވިޔަސްމެއެވެ. އެ އަންނަ ބަދަލު އެއީ އެންމެ ހިތްހަމަޖެހޭ ބަދަލަށް ވެއެވެ. އަދި އެ އަންނަ ބަދަލާއި އެއްގޮތަށް މީހާވެސް ބަދަލުވެއެވެ.
އެއްދުވަހުން އަނެއް ދުވަހަށް ފެޝަން މި އަންނަނީ ބަދަލުވަމުންނެވެ. އެގޮތުން މިހާރު ގިނަބައެއްގެ ފެޝަނަކަށް ވެފައި މިވަނީ ސްނިކާސް ބޫޓެވެ. އަދި ހަމައެކަނި ސްނިކާސް ބޫޓަށް އަރާލުމުން ނިމުނީއެއް ނޫނެވެ. ލައިގެން ހުންނަ ޖިންސުގެ ފައިކުރިން ތަންކޮޅެއް އޮޅާލުމުން އިތުރު ފުރިހަމަކަމެއް ލިބެއެވެ. ގިނަ ދިވެހި ފިރިހެން ކުދިންނަށް ވެސް މިގޮށް މާ ކަމުދަނީއެވެ. މިގޮތަށް ހުއްޓާ އަންހެން ކުއްޖަކު ފެނިއްޖެ ނަމަ ދެވަނަ ނަޒަރެއް ނުދީ ދޫކޮށްވެސް ނުލަނީއެވެ. މިކަން މިވަނީ ދިވެހިންގެ ތެރޭގައިވެސް ވަރަށް މަޝްހޫރު ވެފައެވެ.
ސްނިކާސް ބޫޓަށް އަރާ ޖިންސްގެ ފައިކުރިން ތަންކޮޅެއް އޮޅާލުމަށްފަހު ނަގާ ފޮޓޯތަށް ހަމަގައިމުވެސް މިހާރު މަދެއް ނޫނެވެ. ފޮޓޯ ޝޫޓަކަށް ދާން ބެލިޔަސް މިގޮތް މާ ކަމުދަނީއެވެ. ސޯޝަލް މީޑިއާއިން މިކަން ވަރަށް ރަނގަޅަށް ހާމަވެގެން ދެއެވެ.

ދިވެހިންންނަކީ ބަދަލުވަމުން އަންނަ ފެޝަނަށް ލޯބިކުރާ ބައެއްކަން މިކަންތައްތަކަށް ބަލާލުމުން ވަރަށް ރަނގަޅަށް ހާމަވެގެން ދެއެވެ.
ފެޝަނަށް އަންނަ ކޮންމެ ބަދަލަކާއެކު އެ ބަދަލެއްގެ ފަހަތުން ދުވުމުގެ ކުރިން އެ ބަދަލަކީ ހެޔޮ ބަދަލެއްތޯވެސް ވިސްނާލުން މުހިންމެވެ.
ހިޔާލު
Kaleymen ekabalun oriyaan kuraa hit haadha veye dho
ކޮމެންޓް ކުރުން ބަންދު