އީޕީއެލް - ޖަހަންބާޝްގެ ހިތްޤައިމު އޯވަރހެޑާއެކު، ބްރައިޓަންއިން ޗެލްސީ ހިފަހައްޓައިފި

އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ އަލީރިޒާ ޖަހަންބާޝްގެ އޯވަރހެޑަކުން ކާމިޔާބުކޮށްދިން ހިތްޤައިމު ލަނޑާއެކު، ބްރައިޓަންއިން ޗެލްސީ ހިފަހައްޓައިފިއެވެ،

ބްރައިޓަންގެ ފާމާ ސްޓޭޑިއަމްގެ ކުޅުނު މިމެޗު ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުންނެވެ.

ދެޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މިމެޗު ފެއްޓި މެޗުތެރެއަށް އިދިކޮޅު ޓީމަށް ރަނގަޅަށް ނުވަދެވި އުޅެނިކޮށް ޗެލްސީއިންވަނީ ލަނޑެއްޖަހައި ލީޑުނަގައިފައެވެ. މެޗުގެ 10 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑަކީ ޓެމީގެ ހަމަލާއެއް ބްރައިޓަން ޑިފެންޑަރު ދިފާޢުކުރި ވަގުތު އޭރިއާތެރޭ ހުހަށްހުރި އަޒްޕިލިކުއޭޓާ ގޯލްގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ލަނޑެކެވެ.

މިލަނޑާއެކު ޗެލްސީއިން މެޗުގެ ފުރަތަމަ ހާފު ލީޑުގައި އޮވެ ނިންމާލިއިރު، މެޗުގެ ބޮޑުބައިގައިވެސް މިލީޑުގައި ހިފަހައްޓާލާފައިވެއެވެ. އެހެންނަމަވެސް ޗެލްސީގެ މަސައްކަތް ފެނަށް ވެގެން ދިޔައީ ބްރައިޓަންއިން މެޗުގެ 84 ވަނަ މިނަޓްގައި ކާމިޔާބުކޮށްދިން ލަނޑާއެކުގައެވެ. ބްރައިޓަންއިން ނަތީޖާ ހަމަހަމަކުރި މިލަނޑަކީ އޯވަރހެޑްކިކަކުން ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އީރާނުގެ އަލީރިޒާ ޖަހަންބާޝް ކާމިޔާބުކޮށްދިން ލަނޑެކެވެ.

އޭރިއާތެރެއަށް ހުރަސްވެގެން ދިޔަ ބޯޅައަށް ފުންމައިގެން އަރައި އޯވަރހެޑްކިކަކުން ޖަހަންބާޝް މިލަނޑު ކާމިޔާބުކޮށްދީފައިވަނީ 14 ޔާޑު ދުރުންނެވެ.

https://twitter.com/RCWBS/status/1212402457051090944?s=20

މެޗަށްފަހު ލަނޑާބެހޭ ގޮތުން ވާހަކަ ދައްކަމުން ޖަހަންބާޝް ބުނީ، 2020 ވަނަ އަހަރު އޭނާއަށް ފެއްޓިފައިވަނީ އާއަހަރު ފެއްޓޭނެ އެންމެ ރަނގަޅަށް ކަމަށެވެ.

މީގެއިތުރުންވެސް ލަނޑުޖަހާނެ ގިނަ ފުރުޞަތުތަކެއް ދެޓީމަށްވެސް ލިބިގެން ގޮސްފައިވާކަން ފާހަގަކޮށްލެއެވެ. 21 މެޗުން ލިބުނު 36 ޕޮއިންޓާއެކު ޗެލްސީ އޮތީ ތާވަލްގެ ހަތަރުވަނާގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ