އީޕީއެލް - އާޓެޓާގެ ފުރަތަމަ މޮޅުގައި އާސެނަލްއިން ޔުނައިޓެޑް ބަލިކޮށްފި

މައިކަލް އާޓެޓާ އާސެނަލްއާއި ޙަވާލުވެ ލިބުނު ފުރަތަމަ މޮޅުގައި ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފިއެވެ.

އިންގްލިޝް ޕްރިމިއާ ލީގުގައި އާސެނަލް އަދި ޔުނައިޓެޑް ބައްދަލުކުރި އާސެނަލްއިން ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.

އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅެވުނު މިމެޗު ވަރަށް ކުރީކޮޅު އާސެނަލްއިންވަނީ ލީޑު ނަގާފައެވެ. 8 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑު އާސެލަންއަށް ކާމިޔާބުކޮށްދިނީ ނިކޮލަސް ޕެޕޭއެވެ. މިއީ މިސީޒަންގައި ޕެޕޭ އާސެނަލްއަށް ކާމިޔާބުކޮށްދިން ފަސްވަނަ ލަނޑެވެ.

ލަނޑަށްފަހު އާސެނަލްއިން މެޗު ކޮންޓްރޯލް ކުރަމުން ދިޔައިރު ފުރަތަމަ ހާފު ނިމުމުގެ ކުރިން އިތުރު ލަނޑެއްޖަހައި އާސެނަލް ލީޑު އިތުރަށް ފުޅާކުރިއެވެ. 42 ވަނަ މިނަޓްގައި ފެނިގެން މިލަނޑަކީ ސޮކްރާތިސް ޕަޕާސްޓަތޯޕޮލޯސް ކާމިޔާބުކުރި ލަނޑެކެވެ.

އަނިޔާގެ ސަބަބުން ޕޮގްބާ ނުހިމަނައި ޔުނައިޓެޑުން ރޭގެ މެޗު ކުޅެފައިވާއިރު، ދެވަނަ ހާފުގައި ކުޅުން ވަނީ ރަނގަޅުކޮށްފައެވެ. ނަމަވެސް އާސެނަލްގެ ކީޕަރު ލެނޯ ޓެސެޓް ކޮށްލެވޭފަދަ ހަމަލާއެއް ޔުނައިޓެޑަށް އުފެއްދިފައެއް ނުވެއެވެ.

ރޭގެ މޮޅާއެކު އާސެނަލްއިންވަނީ އަމިއްލަ ދަނޑުގައި ބަލިވަމުންއައި އައުމަށް ނިމުން ގެނެސްފައެވެ. މީގެކުރިން އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު 7 މެޗުންވެސް އާސެނަލްވަނީ ބަލިވެފައެވެ. އަދި ތާވަލްގެ 10 ވަނަ އަށް އާސެނަލް ޖެހިލިއިރު، ޔުނައިޓެޑަށްވުރެ މަދީ 4 ޕޮއިންޓެވެ. 31 ޕޮއިންޓާއެކު ޔުނައިޓެޑް އޮތީ ތާވަލްގެ ފަސްވަނާގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ