"އަ ކުއައިޓް ޕްލޭސް 2" ގެ ޓްރެއިލާ މިއޮތީ!

2018 ވަނަ އަހަރު ޖޯން ކްރަސިންސްކީގެ ޑައިރެކްޝަންގެ ދަށުން ބެލުންތެރިންނާއި ހަމައަށް ގެނެސްދިން ކާމިޔާބު ބިރުވެރި ފިލްމް “އަ ކުއައިޓް ޕްލޭސް” ފްރެންޗައިސްގެ ދެވަނަ ބައިގެ ޓްރެއިލާ މިހާރު ވަނީ އާއްމުކޮށްފައެވެ.

"އަ ކުއައިޓް ޕްލޭސް 2" ގެ ޓްރެއިލާ ދައްކާލާފައިވާއިރު ފުރަތަމަ ބައެކޭ އެއްގޮތަށް މިފަހަރުގެ ފިލްމްވެސް ޝައުގުވެރިވާނެކަން ޓްރެއިލާ ބަލާލުމުން ހާމާވެގެންދެއެވެ.

ޓްރޭލާއިން ފެނިގެންދާ މަންޒަރުތަކަށް ބަލާއިރު، މި ފަހަރުގެ ބައިގައި ފިލްމްގައި އުޅޭ ގޮތް ނޭނގޭ މޮންސްޓަރ އެންމެ ފުރަތަމަ މުޅި ދުނިޔެއަށް ހަމަލާދިން ދުވަސް ފެނިގެންދެއެވެ. ފިލްމްގައި ފެނިގެންދާ "ބްލަންޓް" އާއިލާ މިފަހަރުވެސް އެ މޮންސްޓަރ ގެ ކިބައިން ސަލާމާތް ވާން ކުރާ މަސައްކަތް ފެނިގެންދެއެވެ.

މިފަހަރުގެ ފިލްމްގެ ވާހަކަވެސް ގެނެސްދޭނީ ފިލްމްގެ ފުރަތަމަ ބައި ނިއްމާލި ހިސާބުން ދެންވާނެ ކަންތައްތަކުގެ މައްޗަށް ބިނާކޮށެވެ. އަދި ފިލްމްގެ ދެވަނަ ބައިގައިވެސް ހަރަކާތްތެރިވާނީ، ފުރަތަމަބައިގައި ފެނިގެންދިޔަ އެކްޓަރުންނެވެ.

މި ފިލްމު ޑައިރެކްޓް ކުރުމުގެ އިތުރުން މި ފިލްމުގެ ލީޑް އެކްޓަރެއްގެ ރޯލު ޖޯން ކްރަސިންސްކީ އަދާކޮށްފައިވާއިރު، ފިލްމުގައި ދެން ފިނިގެންދަނީ އޭނަގެ އަންހެނުން އެމިލީ ބްލަންޓެވެ. މި ފިލްމުގައި ވެސް ދެމީހުން އަދާކޮށްފައިވަނީ ދެމަފިރިންގެ ރޯލެވެ. މީގެ އިތުރުން ދެން ފިލްމްގައި ފެނިގެންދަނީ މި ދެމެފިރިންގެ ތިން ދަރިންނެވެ.

ވަރަށް ތަފާތު ވާހަކައެއްގެ މައްޗަށް އުފައްދާފައިވާ މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ، އިންސާނުން ނޫން، އާދަޔާ ހިލާފު ލޮލަށް ނުފެއްނަ ނަމަވެސް އަޑުއިވުމުގެ ބާރު އާދަޔާ ހިލާފަށް ގަދަ އެއްޗެހިތަކެއް ދުނިޔެއަށް ވެރިވެގަނެގެން، އިންސާނުންގެ އަދި ޖަނަވާރުން އާބާދީގެ ބޮޑު ބައެއް ނައްތާލައިފައިވާ މި ދުނިޔޭގައި އާއިލާއަކު ދިރިހުރުމަށް ކުރާ މަސައްކަތެވެ. ކިތަންމެ ކުޑަ އަޑެއް އިވުނުކަމުގައިވިޔަސް އޭއްޗެހި އައިސް ހަމަލާދެއެވެ.

ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މާރޗް މަހުގެ 20 ވަނަ ދުވަހުއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ