ޖުމްހޫރީ ޕާޓީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: އަވަސް

ޖަހާހާ ބެރަކަށް ނަށަން މިއީ ގުނބޯއެއް ނޫން - ޤާސިމް

ޖަހާހާ ބެރަކަށް ނަށަން ޤާސިމަކީ "ގުނބޯއެއް" ނޫންކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އޮންރަބަލް ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

އޮނަރަބަލް ޤާސިމް އިބްރާހީމް މިހެން ވިދާޅުވީ، ޖޭޕީގެ މައި އޮފީސް މ. ކުނޫޒް ގައި މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއެވެ.

އޮނަރަބަލް ޤާސިމް އިބްރާޙީމް ވިދާޅުވީ، ސަރުކާރުން ނެރެ އެއްލާލަންދެން އަދިވެސް މަސައްކަތް ކުރާނީ އަދުގެ ސަރުކާރާ އެކުގައި ކަމަށާއި، ނަމަވެސް ހަޤީގަތުގައި މިހާރުވެސް އޮތީ އެއްލާލާފައި ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރާނީ ގުޅިފައި އޮތް ސަރުކާރާ އެކީގައި އެބޭފުޅުން އެކީގައި އުޅެން ތިބިއްޔާ، އަޅުގަނޑުމެން ބޭރުކޮށްލާފަ އެއްލައިނުލިއްޔާ. ހަޤީޤަތުގައި އެއްލާލާފައި މިއޮތީ. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ގޮނޑިތައް އެއްބަސްވެފައިވާ ގޮތަށް ނުދެއްވީމާ އެހިސާބުން ރައްޔިތުންގެ މަޖިލީހުގައި އެއްބަސްވުމެއް ނެތް، މިއީ ހަޤީގަތް." ޤާސިމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބައެއް މަސައްކަތްތަކާ ގުޅޭގޮތުން ނަޝީދު ދައްކަވަމުންދާ ވާހަކަތަކާ ގުޅޭގޮތުން ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ޤާސިމް އިބްރާހީމް ވިދާޅުވީ، ޤާނޫނު އަސާސީއާ ޚިލާފަށް އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށާއި، އެފަދަ ކަންކަމަށް އެދުނަސް ކަހާތަން ހިރުވާވެސް ނުލައްވާނެ ކަމަށެވެ.

"ޤާނޫނު އަސާސީއާ ޚިލާފަށް އެއްވެސް ޤާނޫނެއް ނުހެދޭނެކަން މިފޮތުގައި (ޤާނޫނު އަސާސީގައި) ވަރަށް ޞަރީޙަކޮށް ލިޔުއްވާފައި އެބައޮތް. އެހެންވީމަ އަދި ރައީސް ނަޝީދު ކޮންމެ އެއްޗެއް ވިދާޅުވިޔަސް އަޅުގަނޑު ނުޖެހޭނެ އޭނަ ޖަހާހާ ބެރަކަށް ނަށާކަށްވެސް، މިއީ ގުނބޯއެއް ނޫން އިންގޭތޯ ނަށަން. ގުނބޯ ނަށާނީ މީހަކު ދެ ތަބުލާ ޖެހީމާ. އެހެންވީމަ އަޅުގަނޑެއް ނޫޅެން ނަށާކަށް. އޭނަ ދައްކާ ވާހަކައަށް ރިއެކްޓް ކުރާކަށްވެސް ބޭނުމެއްނޫން. ކަހާތަން ހިރުވާވެސް ނުލާނަން." ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.

އިތުރަށް ޤާސިމް ވިދާޅުވީ، ޤާނޫނު އަސާސީއާ ޚިލަފަށް އެއްވެސް ޤާނޫނެއް ނުހެދޭނެ ކަމަށާއި، ޤާނޫނު އަސާސީއާ ތައާރުޛުވާނަމަ ޤާނޫނު އަސާސީ އިސްލާޙް ނުކޮށް ޤާނޫނަކުން އެފަދަ ކަންކަން ބަދަލު ނުކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން ޤާސިމް އިބްރާހީމް މަޖިލީހުގެ ރިޔާސަތުގައި ހުންނަވަނިކޮށް، ޤާނޫނު އަސާއާ ޚިލާފު އެންމެ މާއްދާއެއް އޮއްވާވެސް ނަޝީދު އިޝާރާތް ކުރައްވާ ބިލް އެޖެންޑާވެސް ނުކުރައްވާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ބޭބެ

    ގާސިމުއެއްލާލައިފިއިބުނިހުރިހާސަރުކާރުގެމިނިސްޓަރީ އިތުރުަމަގާމެއްދެންދޭންއޮތީރައީސުކަން ދެންމިބުނާވާހަކައެކީއެއްބަސްވުމާޙިލާފުވީ އެއްބަވުވުގަސޮއިކުރަނީދެމީހުންތޯކޯލިޝަނުގައޮތީހަތަރުޕާޓީގެވާހަކައެއްބަސްވުމުގަސޮއިކުރަނީދެމީހުންމިކިއަނީއަރަތައެއް

  2. ބުރުމާ

    ގޮބޯއެއްނޫން ރުނ***. އަނގަ***.

ކޮމެންޓް ކުރުން ބަންދު

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ