ރީކޯ މޫސަ

ފުރުޞަތު އެބެއް ހިތްވަރާ ޚިޔާލުހުރި ކޮންމެ މީހަކު ވިޔަފާރި ކުރަންވީ - ރީކޯ މޫސަ

ކޮންމެ މީހަކަށްވެސް ވިޔަފާރި ކުރުމުގެ ފުރުޞަތު އެބައޮތްކަމަށާއި ހިތްވަރާ ޚިޔާލުހުރި ކޮންމެ މީހަކު ވިޔަފާރި ކުރަންވީ ކަމުގައި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސަ ވިދާޅުވެއްޖެއެވެ.

ރީކޯ މިހެން ވިދާޅުވީ 01 ޖަނަވަރީ 2020 އިން ފެށިގެން އިންކަމް ޓެކްސް ނެގުމަށް ސަރުކާރުން ނިންމާފައިވުމުންނެވެ.

ރީކޯ ވިދާޅުވީ އިންކަމް ޓެކްސްވެސް ނަގަން މި ފެށުނީ ކަމަށާއި، ޓެކްސް ދައްކާ މީހާ ހެޔޮގޮތުގައި ކުރާ ވިޔަފާރިތަކަށް ސަރުކާރުންވެސް ރައްކާތެރިކަމާއި ހިމާޔަތް ދޭން ޖެހޭކަމަށެވެ.

2019 ޑިސެންބަރު 17 ވަނަ ދުވަހު ރައީސުލް ޖުމްހޫރިއްޔާ ތަސްދީޤު ކުރެއްވި އާމްދަނީން ޓެކްސް ނެގުމުގެ ބިލާއެކު 2020 ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން ޤާނޫނުގައި ކަނޑައެޅިފައިވާ މިންވަރަށް އާމްދަނީ ލިބޭ ފަރާތްތަކުން އިންކަމް ޓެކްސް ނެގުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން މި ޤާނޫނުގެ ދަށުން 60،000 އާއި 100،000 ރުފިޔާއާ ދެމެދުގެ އާމްދަނީން ލިބޭ ފާރާތްތަކުން ޓެކްސް ގެ ގޮތުގައި %5.5 ނެގުމަށް ވަނީ ހަމަޖެހިފައެވެ. އަދި 100،000 ރުފިޔާއާއި 150،000 ރުފިޔާއާއި ދެމެދުގެ ޢަދަދުގެ އާމްދަނީން % 8 ޓެކްސްގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވާއިރު 150،000 ރުފިޔާއާއި 200،000 ރުފިޔާއާ ދެމެދުގެ އާމްދަނީން ލިބޭ ފަރާތްތަކުން ޓެކްސްގެ ގޮތުގައި % 12 ނެގުމަށް ވަނީ ހަމަޖެހިފައެވެ. އަދި 200،000 ރުފިޔާއިން ފެށިގެން މަތީގެ އާމްދަނީ ލިބޭ ފާރާތްތަކުން %15 ގެ ޓެކްސްއެއް ނެގޭނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ