އަލްހާން ފަހުމީ - ފޮޓޯ: ސަން އޮންލައިން

އަޅުގަނޑުގެ މޭޔަރު ކަމުގައި އެހެން ނުފިލޭނެ! - އަލްހާން

މާލޭ މަގުމަތީގައި މީހެއްގެ ގައިގާ ޖަހާފަ ނުވަތަ ޖައްސާފައި އަލްހާންގެ މޭޔަރު ކަމުގައި އެހެން ނުފިލޭނެ ކަމަށް މަޖިލީހުގެ ކުރީގެ މެންބަރު އަދި އެމްޑީޕީގެ ކުރީގެ ނައިބުރައީސްކަންވެސް ކުރައްވާފައިވާ އަލްޙާން ފަހުމީ ވިދާޅުވެއްޖެއެވެ.

މަގު ހުރަސްކުރި މީހެއްގެ ގައިގައި ސައިކަލުން ޖައްސާފައި ފިލުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވަމުން އަލްހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މާލޭ މަގުމަތީގައި މީހެއްގެ ގައިގާ ޖަހާފަ ނުވަތަ ޖައްސާފަ ނުފިލޭވަރަށް ހުރިހާ މަގެއްގައި ކެމެރާ ހަރުކޮށްގެ ބަލާނެކަމަށެވެ.

"އަޅުގަނޑުގެ މޭޔަރު ކަމުގައި އެހެން ނުފިލޭނެ! މީހުންނާ މުދަލުގެ ރައްކާތެރިކަން ކަށަވަރު ކޮށްދޭނަން!" އަލްހާން ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

އަލްހާން ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވަން ނިންމަވައިފިއެވެ.

ރޭ އިޝާނަމާދަށް ފަހު ފުރުގާން މިސްކިތް ކައިރީ އަމީނީ މަގުގެ ކަފިހި ހުރަހެއްގެ މަތިން މަގު ހުރަސްކުރި އުމުރުން ދުވަސްވީ މީހެއްގެ ގައިގައި ސައިކަލަކުން ޖައްސައި އެކްސިޑެންޓް ހިނގުމުން ސައިކަލް ދުއްވަން އިން މީހާ ވަނީ ފިލާފައެވެ.

ކަފިހިހުރަހަށް މަޑުނުކޮށް އުޅަނދުފަހަރު ދުއްވުމުގެ ސަބަބުން މަގު ހުރަސްކުރާ ފަރާތްތައް ގައިގައި ޖެހި ނުރައްކާތެރި އެކްސިޑެންޓުތައް މީގެކުރިންވެސްވަނީ ހިނގައިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ