ކ. މާފުށީ ޖަލުގައި އަނެއްކާވެސް ހަމަނުޖެހުން ހިންގައިފިއެވެ.
މަޢުލޫމާތު ލިބޭގޮތުގައި މާފުށީ ޖަލު ޔުނިޓު ހަތަރެއްގައި ހިންގި މިހަނުޖެހުމުގައި ހޫނުވެފައިވަނީ ޤައިދީއަކުވަނީ ޖަލު އޮފިސަރެއްގެ ގައިގައި ޖެހުމުންނެވެ.
މާފުށީ ޖަލުގައި ހަމަނުޖެހުންތައް ހިނގަމުން ދަނީ ރިމާންޑު މީހުން (ހުކުމް ނީއްވައި ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން) ހުކުމްކޮށްފައި ތިބި ޖަލެއްގައިއެވެ. އަދި މިހަމަނުޖެހުންތަކާއި ގުޅިގެން ރިމާންޑު ޖަލުގައި ތިބި މީހުން ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއްވެސް ފަށައިފަވާކަމުގެ މަޢުލޫމާތު ލިބެއެވެ.
މިއަދު ހެނދުނުންސުރެ މާފުށީ ޖަލުގައި ގައިދިން ގެންދަނީ ބޭސް ފަރުވާ ދިނުމަށާއި ޖަލުގެ ޙާލަތު ރަނގަޅުކުރުމަށް ގޮވާލައި އަޑުގަދަވެސް ކުރަމުންނެވެ. އަދި ޤައިދީން އިޙުތިޖާޖު ކުރަމުން ދަނިކޮށް އެތަނަށް ޖަލު އޮފިސަރުން ދިޔުމުން އޮފިސަރުންގެ ގަޔަށް ފެންޖަހައިފާވާކަމަށްވެސް މަޢުލޫމާތު ލިބެއެވެ.
އަދި ހަމަނުޖެހުން ހިނގާފައިވަނީ ޤައިދީއަކު ޖަލު ގޮޅިން ނެރެން އޮފިސަރުން މަސައްކަތް ކުރި ގަޑީގައެވެ.
މިހާދިސާއާއި ގުޅިގެން ކަރެކްޝަންސްގެ ބަހެއް އަދި ނުލިބެއެވެ.
މިދޔަ ޖޫން މަހުގެ ތެރޭގައިވެސް މާފުށީ ޖަލުގައި ހަމަނުޖެހުން ހިންގާފައިވާއިރު މާފުށީ ޖަލުގައި ނުރައްކާތެރި ކުއްވެރިން ބަންދުކޮށްފައި ތިބޭ ޔުނިޓް ދެއެއްގެ ގޮޅިތަކުގައި ހަރުކޮށްފައިހުރި ސެކިއުރިޓީ ކެމެރާތައް ހަލާކުކޮށްލައި، ޖަލުގައި ޑިއުޓީ ކުރަމުންދިޔަ ކަރެކްޝަންސްގެ އޮފިސަރުން ގަޔަށް މިރުސް ފެންޖަހައި ހަމަލާ ދީފައިވެއެވެ.




