ނާކާމިޔާބީއަކީ ދަށްވުން ނޫންކަމަށާއި އެހެންނަމަވެސް މޮޅުވާން މަސައްކަތް ނުކުރުންކަމަށް ރެއަލްމެޑްރިޑްގެ ކޯޗު ޒިނެދިން ޒިދާން ބުނެފިއެވެ.
މުޅިން އާއަހަރަކަށް ހުރިހާ ޓީމެއްވެސް މިހާރު ކުރިމަތލާފައިވާއިރު، ފެށިގެން މިދިޔަ 2020 ގައި ތައްޓެއް އުފުލާނުލެވުމަކީ ލިބޭނެ ނާކާމިޔާބީއެއްތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ޒިދާން ބުނީ، މެޗުތަކުން ދަށްވެ ތަށި ނުލިބުން އެއީ ނާކާމިޔާބީކަމަށް ނުދެކޭކަމަށާއި، ނަމަވެސް މެޗުން މޮޅުވާން މަސައްކަތް ނުކުރުން އެއީ ނާކާމިޔާބީއެއްކަމަށެވެ.
މީގެއިތުރުން ޒިދާން ބުނީ، ލީގުވެސް އަދި ޗެމްޕިއަންސް ލީގުވެސް ކާމިޔާބުކުރެވޭނީ ވާދަކުރާ ޓީމުތަކުގެ ތެރެއިން ކޮންމެވެސް އެއް ޓީމަކަށް ކަމަށާއި، ދަނޑުމަތީގެ ތިނާމައަށް ދެއްނޭކެ އެންމެ ބެސްޓެއް ދެއްކުމަކީ ވަރަށް މުހިންމުކަމެއް ކަމަށެވެ.
އަދި ވާދަވެރި މޮޅެތި ޓީމުތަކާއެކު ޗެމްޕިއަންސް ލީގު މިހާރު ވަރަށް އުނދަގޫވެފައިވާކަމަށްވެސް ޒިދާން ބުންޏެވެ. ޒިދާންވަނީ ރެއަލްމެޑްރިޑާއެކު ޖެހިޖެހިގެން ތިން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. އެއީ 20015/16 އަދި 2016/17 ގެ އިތުރުން 2017/18 ސީޒަންގައެވެ.
އާއަހަރުގެ ފުރަތަމަ މެޗުގައި ރެއަލްމެޑްރިޑް މާދަމާ ރޭ ނުކުންނައިރު، ސްޕެނިޝް ލަލީގާގެ އެމެޗުގައި ގެޓަފޭއާއި ދެކޮޅަށް ރެއަލްމެޑްރިޑް ނުކުންނާނީ މިރޭ 20:00 ގައެވެ.




