އުމުރުން 28 އަހަރުގައި ލިބުނު ވަރަށްވުރެ ގިނަ ފުރުޞަތު މިހާރު ލިބޭ: އިބްރަހިމޮވިޗް

އުމުރުން 28 އަހަރުގައި ލިބުނު ވަރަށްވުރެ ގިނަ ފުރުޞަތު މިހާރު ލިބެމުންދާކަމަށް އުމުރުން 38 އަހަރުގެ ޒްލަޓަން އިބްރަހިމޮވިޗް ބުނެފިއެވެ.

މީގެ ގާތްގަނޑަކަށް 8 އަހަރު ކުރިން އޭސީ މިލާން ދޫކޮށްދިޔަ އިބްރަހިމޮވިޗް އެނބުރި އޭސީ މިލާނަށް އައިސްފައިވަނީ މިޖެނުއަރީ މަހުގެ ޓްރާންސްފާގައެވެ. އޭސީ މިލާނުން އިބްރަހިމޮވިޗް ރަސްމީކޮށް ދައްކާލާފައިވާއިރު، އޭނާގެ ނަންބަރަކީ 21 އެވެ.

"އުމުރުން 28 އަހަރުގައި ލިބުނު ވަރަށްވުރެ ގިނަ ފުރުޞަތުތައް އުމުރުން 38 އަހަރުގައި އެބަ ލިބޭ." އިބްރަހިމޮވިޗް ބުންޏެވެ.

މީގެއިތުރުން އިބްރަހިމޮވިޗް ބުނީ، އޭސީ މިލާން ދޫކޮށް އޭނާ ދިޔައީ އޭނާގެ ޒަމީރުއާއިވެސް ދެކޮޅަށްކަމަށާއި، އެނިންމުމަކީ ޙަޔާތުގައި ނިންމި ވަރަށް އުނދަގޫ ނިންމުމެއްކަމަށެވެ. އަދި ފުޓްބޯޅައިން ހިތްހަމަޖެހުމާއި އުފާވެރިކަން ގެނުވާއިރު، މިލާންއަކީ އޭނާގެ ގެކަމަށްވެސް އިބްރަހިމޮވިޗް ބުންޏެވެ.

އަދި ދުނިޔޭގެ މޮޅެތި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކްރިސްޓިއާނޯ ރޮނާލްޑޯ އިޓާލިއަން ސީރާގައި ހުރުމަކީ ރަނގަޅުކަމެއްކަމަށާއި، ދެކުޅުންތެރިންގެ ވާދަވެރިކަމުގައި ކަންތަން ވާގޮތް ބަލަން ހުރުމަށްވެސް އިބްރަހިމޮވިޗް ބުންޏެވެ.

2010 ކުން 2012 އަށް އޭސީ މިލާންގައި އިބްރަހިމޮވިޗް ހޭދަކޮށްފައިވާއިރު، މިމުއްދަތުގައި ކުޅުނު 85 މެޗުން 56 ލަނޑު އޭސީ މިލާނަށް އޭނާ ކާމިޔާބުކޮށްދީފައިވެއެވެ. އޭސީ މިލާން ދޫކޮށް އޭނާ ދެން ދިޔައީ ޕީއެސްޖީ އަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ