ކްލަބަކަށް ރޮނާލްޑޯ ހިލޭ ޖެހުމަކުން ލަނޑެއް ނުޖަހާތާ ދެއަހަރު ވެއްޖެ

ކްލަބަކަށް ރޮނާލްޑޯ ހިލޭ ޖެހުމަކުން ލަނޑެއް ނުޖަހާތާ ދެއަހަރު ވެއްޖެއެވެ.

އުމުރުން 34 އަހަރުގެ ރޮނާލްޑޯއަކީ މީގެކުރިން ހިލޭ ޖެހުންތަކުގައި ވަރަށް ނުރައްކާ ކުޅުންތެރިއެކެވެ. މެންޗެސްޓާރ ޔުނައިޓެޑްގައާއި ރެއަލްމެޑްރިޑްގައި އުޅުނު ދުވަސްވަރު އޭނާވަނީ ގިނަ ހިލޭ ޖެހުންތަކެއް ކާމިޔާބުކޮށްފައެވެ.

އެހެންނަމަވެސް ހިލޭ ޖެހުންތަކުގައި މިފަހަކަށް އައިސް ރޮނާލްޑޯ ނާކާމިޔާބީއާއި ކުރިމަތިލާން ޖެހިފައިވާއިރު، ކްލަބަކަށް ރޮނާލްޑޯ ހިލޭ ޖެހުމަކުން ލަނޑެއް ނުޖަހާތާ ދެއަހަރު ވެއްޖެއެވެ. އޭނާ މިހާރު ކުޅެމުންދާ ކްލަބު ޔުވެންޓަސްއަށް އަދި ހިލޭ ޖެހުމަކުން ރޮނާލްޑޯއަށް ލަނޑެއް ކާމިޔާބުކޮށްދެވިފައެއް ނުވެއެވެ.

ހިލޭ ޖެހުމަކުން ލަނޑެއް ރޮނާލްޑޯ އެންމެ ފަހުން ކާމިޔާބުކޮށްފައިވަނީ އޭނާ ރެއަލްމެޑްރިޑްގައި އުޅުނު ދުވަސްވަރުއެވެ. އެލަނޑު ފެނިގެން ގޮސްފައިވަނީ 16 ޑިސެމްބަރު 2017 ގައެވެ.

އެހެންނަމަވެސް މިދުވަސްތަކުގައި ރޮނާލްޑޯވަނީ ޕޯޗުގަލްއަށް ދެ ހިލޭ ޖެހުން ކާމިޔާބުކޮށްދީފައެވެ. އެއީ ސްޕެއިން އަށާއި ސްވިޒަލޭންޑްއާއި ދެކޮޅަށެވެ.

ރޮނާލްޑޯއަކީ އަބަދުވެސް ހުނަރު ކުރިއެރުވުމަށް ބުރަ މަސައްކަތް ކުރާ ކުޅުންތެރިއަކަށްވުމާއެކު، ހިލޭ ޖެހުންތައް ފަރިތަކުރަން މިއަދު މިވަނީ ޖެހިފައެވެ. ވާދަވެރި މެސީގެ ހިތްގައިމު ލަނޑުތަކެއް ހިލޭ ޖެހުންތަކުން މިދިޔަ ދުވަސްތަކުގައި ފެނިފައިވާއިރު، ހިލޭ ޖެހުމުން ރޮނާލްޑޯއަށް ލަނޑެއް ނުޖެހި މިދިޔަ ދުވަސްތަކުގައި މެސީ ވަނީ ހިލޭ ޖެހުމުން 18 ލަނޑު ޖަހާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ