ސަރުކާރުގެ އަމަލުތައް ހުރީ އިޤްތިޞާދު އަދަވަޅަކަށް ވެއްޓި، ރައްޔިތުންގެ ޖީބު ހުސްވާ ގޮތަށް ކަމަށް ކުރީގެ ނައިބުރައީސް މުޙައްމަދު ޖަމީލު އަޙްމަދު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައިވެސް ހިމެނިވަޑައިގަންނަވާ ޖަމީލު ވިދާޅުވީ ބޮޑެތި ޒިންމާތަކެއް އަދާކުރަން ޖެހިފައިވާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕަނީ ލިމިޓެޑް (އެމްއޭސީއެލް) ގައި އަދިވެސް ދާއިމީ މެނީޖިން ޑިރެކްޓަރެއް ނެތް ކަމަށެވެ.
އަހަރެއް ވެގެންދިޔައިރުވެސް ސީޕްލޭން ޓާމިނަލްއަށް ހަދާނެ ގޮތެއް ނޭނގުނު ކަމަށާއި މިވަރު ކަމެއް ނިންމަން ނޭނގުނުއިރު އިޤްތިޞާދީ ބޮޑެތި ނިންމުންތައް ނިންމާނީ ކިހިނެއްތޯ ކަމާއިމެދު ޖަމީލު ސުވާލު އުފެއްދާފައި ވެއެވެ. އާ ޕެސެންޖަރ ޓާމިނަލް ލަސްވުމުގެ ނޭދެވޭ އަސަރުވެސް ފަތުރުވެރިކަމަށް ހީނުކުރާ ވަރަށް ކުރާނެ ކަމަށްވެސް ޖަމީލު ވިދާޅުވިއެވެ.
ޖަމީލަކީ ރައީސް ޔާމީންގެ ފުރަތަމަ ނައިބު ރައީސް އެވެ. އެހެން ނަމަވެސް އޭރު ޕީޕީއެމްގެ ވެރިކަމުގައި ޕީޕީއެމްގެ މެޖޯރިޓޯ އޮތް ރައްޔިތުންގެ މަޖިލީހުންވަނީ ޖަމީލުގެ އިތުބާރުނެތްކަމުގެ ވޯޓު ނަގައި މަގާމުން ދުރުކޮށްފައެވެ. އެއަށްފަހު ޖަމީލު ދިޔައީ ރައީސް ޞޯލިހު ވެރިކަމަށް ވަޑައިގަތުމާއި ހަމަޔަށްވެސް އިދިކޮޅާއި ގުޅި ރައީސް ޔާމިނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.
ޖަމީލު ކުރިން ވަނީ ރައީސް ޔާމީންގެ ވެރިކަމުގައިވެސް އިގްތިޞާދު ހީނުރުވެފައިވާކަމަށް ވިދާޅުވެ ފާޑު ވިދާޅުވެފައެވެ.



