ލާމު ލިންކު ރޯޑުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.
މި އެކްސިޑެންޓު ހިންގާފައިވަނީ ބީއެމްއެލް ވޭނަކާއި ސައިކަލެއް ޖެހިއެވެ. ފުލުހުން ވިދާޅުވީ މިއަދު ހެނދުނު 9:20 އެހާއިރު ލާމު ލިންކު ރޯޑުގައި ވޭނަކާއި ސައިލެއް ޖެހި އެކްސިޑެންޓެއް ހިނގި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާކަމަށެވެ.
މި އެކްސިޑެންޓު ހިނގަން މެދުވެރިވީ ވޭން އަނބުރާލަން އުޅުމުގެ ތެރޭގައި ފަހަތުން އައި ސައިކަލެއް ޖެހިގެން ކަމަށެވެ. ވޭން ދުއްވަން އިނީ 53 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އަދި ސައިކަލު ދުއްވަން އިނީ 25 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއްވިއެވެ.
މި އެކްސިޑެންޓުގައި ސައިކަލުގައި ހުރި 2 މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު އެދެމީހުން ވަނީ ގަން ރީޖިނަލް ހޮސްޕިޓަލަށް ފަރުވާ ހޯދުމަށް ގެންގޮއްސަ އެވެ. އެކްސިޑެންޓުވި ސައިކަލާއި ވޭނަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
ސައިކަލް ދުއްވި މީހާއާއި ވޭން ދުއްވަން އިން މީހާ އަތުގައިވެސް ލައިސަންސް އޮންނަކަމަށާއި ފުލުހުން މިހާރު ގެންދަވަނީ އިތުރަށް ތަހްޤީގު ކުރަމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.



