އެސްބީއައި ސަރަހައްދު - ފޮޓޯ: މިހާރު

ހެލްމެޓް އަޅައިގެން އައިސް އެސްބީއައި ކައިރިން ފައިސާތަކެއް ފޭރިގެންފި

ހެލްމެޓް އަޅައިގެން ދެ ސައިކަލެއްގައި އައި ހަތަރު މީހުންގެ ގްރޫޕަކުން ފައިސާތަކެއް ފޭރިގެންފިއެވެ.

އެސްބީއައިއަށް ޖަމާކުރަން ގެންދިޔަ ފައިސާތަކެއް ފޭރިގެންފައިވަނީ އެބޭންކް ކައިރިންނެވެ.

ފުލުހުން ވިދާޅުވީ އެސްބީއައި ކައިރިން ހިނގާފައި ދިޔަ ދިވެހި ފިރިހެނެއްގެ އަތުން ފައިސާތަކެއް ފޭރިގެންފައިވާ މައްސަލައެއް މިއަދު 09:53 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އޭނާގެ އަތުން ފައިސާ ފޭރިގެންފައިވަނީ ދެސައިކަލެއްގައި އައި ހަތަރު މީހަކު ވެގެން، ތޫނު އެއްޗަކުން އޭނާ އަށް ހަމަލާ ދިނުމަށް ފަހު ކަމަށާއި، ޒަހަމްވި މީހާ މިހާރު ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

"މި ހަތަރު މީހުން ވެސް ތިބީ ހެލްމެޓް އަޅާފައި. ފުލުހުން އެސަރަހައްދަށް ދިޔައިރު މި ހަތަރު މީހުން ވަނީ ފިލާފައި. މި މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން." ފުލުހުން ވިދާޅުވިއެވެ.

30 ކިލޯމީޓަރަށްވުރެ ބާރަށް ދުއްވާ މަގުތަކުގައި ހެލްމެޓް އަޅައިގެން ނޫނީ ނުދުއްވޭގޮތަށް ބަދަލުވީ ރޭ މެންދަމު 00:00 ގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ