އިބްރަހިމޮވިޗްގެ ސްޓެޗޫ އެންމެފަހުން ހަލާކުކޮށް ބިންމައްޗަށް

މަލްމޯގެ ސްވެޑްބޭންކް ސްޓޭޑިއޮން ބޭރުގައި ހުންނަ ޒްލަޓަން އިބްރަހިމޮވިޗްގެ ސްޓެޗޫ އެންމެފަހުން ހަލާކުކޮށް ބިންމައްޗަށް ވައްޓާލައިފިއެވެ.

މީގެކުރިންވެސް އެތަށް ގެއްލުންތަކެއް ދީފައިވާ މިސްޓެޗޫއަށް އާންމުންގެ ހަމަލާތައް އަމާޒުވެފައިވަނީ މިދިޔަ ނޮވެމްބަރުން ސްވިޑަންގެ ސްޓޮކްހޮލްމްގެ ކްލަބެއްކަމަށްވާ ހައްމަބީއަށް އިބްރަހިމޮވިޗް އިންވެސްޓްކުރުމުންނެވެ. ރިޕޯޓްތައް ބުނާގޮތުން %50 އާއެކު އިބްރަހިމޮވިޗަކީ އެކްލަބުގެ އެއްވެރިޔާއެވެ.

މީގެ 20 އަހަރު ކުރިން މަލްމޯއިން ޕްރޮފެޝަނަލް ފުޓްބޯޅައަށް ކުޅެން ނުކުތް އިބްރަހިމޮވިޗް އެކްލަބަށް ކުޅެދިން 40 މެޗުން 16 ލަނޑު ކާމިޔާބުކޮށްދީފައިވެއެވެ.

ބްރޯންޒުން ހަދާފއިވާ 3.5 މީޓަރުގެ މިސްޓެޗޫއަށް މީގެކުރިންވެސް ތަފާތު ގެއްލުންތަކެއް ދީފައިވާއިރު، އެއްފަހަރަކު އެސްޓެޗޫގެ ނޭފަތް ބުރިކޮށްލާފައިވެއެވެ.

ޕީޓަރ ލިންޑޭ ނަކަމަށްކިޔާ އާޓިސްޓަކު ތައްޔާރުކުރި މިސްޓެޗޫއަށް އާންމުން ދެމުންދާ ގެއްލުންތަކާއެކު ފުލުހުންވަނީ ސްޓެޗޫ ވަށައިގެން ފެންސެއްވެސް ޖަހާފައިވެއެވެ. ސްޓޮކްހޮލްމްގައި ހުންނަ އިބްރަހިމޮވިޗްގެ ގެއަށްވެސް މިދިޔަ ޑިސެމްބަރުމަހު ގެއްލުންތަކެއް ދީފައިވެއެވެ.

ކްލަބު ލެވެލްގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ އިބްރަހިމޮވިޗް ކުޅެފައިވާ ކްލަބުތަކުގެ ތެރޭގައި، އަޔޭކްސް، ޔުވެންޓަސް، އިންޓަރމިލާން، ބާސެލޯނާ، ޕީއެސްޖީ އަދި މެންޗެސްޓާރ ޔުނައިޓެޑްގެ އިތުރުން އެލްއޭ ގެލެކްސީ ހިމެނެއެވެ. ވޭތުވެދިޔަ ދެއަހަރު އެމެރކާގެ އެލްއޭ ގެލެކްސީގައި ހޭދަކޮށްފައިވާ އިބްރަހިމޮވިޗް އެނބުރި އޭސީ މިލާންއަށް އައިސްފައިވަނީ މިމަހުއެވެ. އަދި ހުކުރު ދުވަހު ރޯޑެންސްއާއި ދެކޮޅަށް ކުޅުނު ރަޙްމަތްތެރިކަމުގެ މެޗުގައި އޭނާ ލަނޑުވެސް ޖަހާފައިވެއެވެ.

އެލްއޭ ގެލެކްސީއަށް އިބްރަހިމޮވިޗް ކުޅެދިން 56 މެޗުން 52 ލަނޑު ކާމިޔާބުކޮށްފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

2 Responses

  1. ވާނުވާ

    އެނބުރިދިޔައީ އިންޓާރ އަކަށް ނޫން އޭސީ މިލާނަށް

  2. ޑދ

    އިންޓަ؟؟؟

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ