ހއ. ދިއްދޫ، ބަރުލީނުގެ، ޢަބްދުﷲ ޝަފީޤް (37އ)

ވައްކަމުގެ މައްސަލައެއްގައި އަނެއްކާވެސް މީހަކު ހޯދަނީ

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ކުރަމުން އެބަދެއެވެ.

މި މައްސަލައާ ގުޅިގެން ހޯދަމުން ދަނީ ހއ. ދިއްދޫ، ބަރުލީނުގެ، ޢަބްދުﷲ ޝަފީޤް (37އ) އެވެ.

ފުލުހުން އިތުރަށް ވިދާޅުވީ ޢަބްދުﷲ ޝަފީޤާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭކަމުގައެވެ.

އިއްޔެވެސް ފުލުހުން ވަނީ ވައްކަމުގެ މައްސަލައެއްގައި ފުވައްމުލަކު ސިޓީގެ މީހެއް ހޯދަން އިއުލާން ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ