އާއަހަރުގެ ފުރަތަމަ މެޗުގައި ރޮނާލްޑޯގެ ފަރާތުން ހެޓްރިކެއް

އާހަރުގެ ފުރަތަމަ މެޗުގައި ޔުވެންޓަސްއަށް ކުޅެމުން އަންނަ ކްރިސްޓިއާނޯ ރޮނާލްޑޯ ހެޓްރިކެއް ހަދައިފިއެވެ.

އިޓާލިއަން ސީރީއާގައި ރޭ ކަގްލިއަރީއާއި ދެކޮޅަށް ރޮނާލްޑޯ ހެޓްރިކަކީ ޔުވެންޓަސް ޖާޒީގައި އޭނާ ހެދި ފުރަތަމަ ހެޓްރިކެވެ. އަދި މިހެޓްރިކަކީ އިޓާލިއަން ސީރީއާގައި އޭނާ ހެދި ފުރަތަމަ ހެޓްރިކް ނަމަވެސް، ރޮނާލްޑޯވަނީ ޔޫރަޕްގެ ތަފާތު ތިންލީގެއްގައި ޖުމްލަ 36 ވަނަ ހެޓްރިކް ހަދާފައެވެ. މިއީ ވާދަވެރި ލިއޮނަލް މެސީއަށްވުރެ ދެއަދަދު އިތުރު އަދަދެކެވެ.

ރޮނާލްޑޯވަނީ އިންގްލިޝް ޕްރިމިއާ ލީގުގައާއި ސްޕެނިޝް ލަލީގާގެ އިތުރުން އިޓާލިއަން ސީރީއާގައިވެސް ހެޓްރިކް ހަދާފައެވެ. މިތިން ލީގުގައި ހެޓްރިކް ހެދި ދެވަނަ ކުޅުންތެރިއަކަށްވެސް ރޮނާލްޑޯވަނީ ވެގެން ގޮސްފައެވެ.

ރޭގެ ކާމިޔާބުކުރި ތިން ލަނޑާއެކު ރޮނާލްޑޯ އެންމެފަހުން ލީގުގައި ޔުވެންޓަސްއަށް ކުޅެދިން ފަސް މެޗުން 8 ލަނޑު ކާމިޔާބުކޮށްފައިވެއެވެ.

އެލިއަންޒް ސްޓޭޑިއަމްގައި ރޭ ކުޅެވުނު މެޗު ޔުވެންޓަސްއިން ކާމިޔާބުކޮށްފައިވަނީ 4-0 ގެނަތީޖާއަކުންނެވެ.

މެޗުގައި ފެނިގެންދިޔަ ހުރިހާ ލަނޑެއްވެސް ފެނިގެން ގޮސްފައިވަނީ މެޗުގެ ދެވަނަ ހާފުގައެވެ. ރޮނާލްޑޯގެ ފުރަތަމަ ލަނޑަކީ މެޗުގެ 49 ވަނަ މިނަޓްގައި އިދިކޮޅު ޓީމުގެ ޑިފެންޑަރަށް ހެދުނު ގޯހެއްގެ ފައިދާނަގައި ކީޕަރު ކަޓުވާލުމަށްފަހު ކާމިޔާބުކުރި ލަނޑެކެވެ. އަދި ދެވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން ޖަހާދީފައިވަނީ މެޗުގެ 67 ވަނަ މިނަޓްގައެވެ. ޔުވެންޓަސްގެ ތިންވަނަ ލަނޑު ޖަހައިދިނީ ހިގުއައިންއެވެ. އޭރިއާ ރޮނގުމަތިން ކަލަހަ ގޮތަކަށް ޖެހި މިލަނޑު އޭނާ ޖަހާފައިވަނީ މެޗުގެ 81 ވަނަ މިނަޓްގައެވެ. އަދި ޖެހިގެން އައި މިނަޓްގައި މެޗުގައި ރޮނާލްޑޯ ކާމިޔާބުކޮށްދިން ތިންވަނަ ލަނޑާއެކު ހެޓްރިކް ފުރިހަމަކުރިއިރު މިލަނޑަކީ ޑަގްލަސް ކޯސްޓާގެ އެސިސްޓަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

މިމޮޅާއެކު ތާވަލްގެ އެއްވަނާގައި އޮތް އިންޓަރ މިލާންގެ ފުލުގައި ވިއްދާފައިއޮތްއިރު، މިދެޓީމަށްވެސް 18 މެޗުން ލިބިފައިވަނީ 45 ޕޮއިންޓެވެ. އިންޓަރ މިލާންއަށް އެއްވަނަ ލިބެނީ ފައިދާ 6 ގޯލްގެ ތަފާތުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

2 Responses

  1. Cr7

    Ronaldo ge2 vans hat-trick champions League Athletico Madrid kolha midhiya aharuga jehi 3 goal akee hat-trick eh nootho?

  2. Azee

    higuin ge landakee ronaldo ge varah reethi assiste

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ