ޑަސްޓްބިނެއް ބޮލުގައި އަޅައިގެން މީހަކު ބުރިޖު ހުރަސްކޮށްފި

ޑަސްޓްބިނެއް ބޮލުގައި އަޅައިގެން ސިނަމާލެ ބުރިޖު މަތިން މާލެ އިން ހުޅުމާލެއަށް ދަތުރުކުރަމުންދިޔަ ދިޔަ މީހެއްގެ ވީޑިއޯ އާއްމުވެއްޖެއެވެ.

މިހާރު މީސް މީޑިއާގައި ދައުރުވަމުންދާ، އެތައް ބައެއްގެ ސަމާލުކަން ލިބިފައިވާ އެ ވީޑިއޯއިން ފެންނަނީ ފިރިހެނަކު ބުރިޖު މަތީގައި ޑަސްޓްބިނެއް ބޮލުގައި އަޅުވައިގެން ދާ މަންޒަރެވެ. އެ މީހާއަކީ މީހެކެވެ.

ބެލެވޭގޮތުގައި، އެ ވީޑިއޯއަކީ ރޭ ދަންވަރު ނަގާފައިވާ ވީޑިއޯއެކެވެ. އެ ވީޑިއޯ މިހާރު މީސް މީޑިއާގައި ދައުރުވަމުން އަންނައިރު، މިއަދު ހަވީރު، ބޮލުގައި ރިހަ ކައްކާ ތެއްޔެއް އަޅައިގެން ހުޅުމާލެ އިން މާލެއަށް ދަތުރުކުރަން އުޅުނު މީހެެއްގެ ވީޑިއޯއެއްވެސް ވަނީ އާއްމުވެފައެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ ހެލްމެޓު އެޅުމުގެ ގަވާއިދު އާއްމުކޮށްފައެވެ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައިވާ ގޮތުގެ މަތިން 30 ކިލޯ މީޓަރު ބާރު މިނުގައި ދުއްވޭ މަގުތަކުގައި ސައިކަލް ދުއްވަންވާނީ ހެލްމެޓު އަޅައިގެންނެވެ. އަދި މި ގަވާއިދާއި ހިލާފުވާ ފަރާތްތައް ފުރަތަމަ ފަހަރު 500 ރުފިޔާއިން ޖުރިމަނާ ކުރާއިރު ދެވަނަ ފަހަރަށް ދުއްވައިފިނަމަ 750 ރުފިޔާ އަދި ތިނަވަނަ ފަހަރަށް ދުއްވައިފިނަމަ 1000 ރުފިޔާއިން ޖުރިމަނާ ކުރުމަށް ގަވާއިދުގައިވެއެވެ.

މި ޤަވާއިދާއެކު ބްރިޖް، ރިންގް ރޯޑްގެ އިތުރުން ހިތަދޫ ލިންކު ރޯޑާއި، ލ. ލިންކު ރޯޑުގައި މިހާރުވެސް ދުއްވޭނީ ހެލްމެޓް އަޅައިގެންނެވެ.

ގަވައިދުގައި ބުނެފައި ވަނީ، 30 ކިލޯމީޓަރަށް ވުރެ ބާރަށް އެއްގަމު އުޅަނދު ދުއްވަން ހުއްދަކޮށްފައިވާ ސަރަހައްދުތަކުގައި ނުވަތަ މަގުތަކުގައި ދުއްވަން ވާނީ ހެލްމެޓް އަޅައިގެން ކަމަށެވެ. ދުއްވާ މީހާވެސް އަދި ދުއްވާ މީހާގެ ފަހަތުގައި އިންނަ މީހާވެސް އިންނަން ވާނީ ހެލްމެޓް އަޅައިގެން ކަމަށް ގަވައިދުގައި ބުނެއެވެ.

މާލެ، ހުޅުމާލެ އަދި ހުޅުލެ ގުޅުވައިދޭ ސިނަމާލެ ބުރިޖާއި ހައިވޭ މަތީގައި ދުއްވޭނީ ގަޑިއަކު 25 ކިލޯމީޓަރާއި 40 ކިލޯމީޓަރުގެ ބާރު މިނުގައެވެ. އެހެން ކަމުން މި ގަވާއިދަށް ގެނައި އިސްލާހާ އެ ސަރަހައްދުގައި ދުއްވޭނީ ހެލްމެޓް އަޅައިގެންނެވެ.

އެ ގަވާއިދުގައި ވަކި ކަމަކާ ޚިލާފަށް އަމަލުކުރާ ފަރާތަކާ މެދު އެޅޭނެ ފިޔަވަޅު ކަނޑައެޅިފައި ނުވާ ކޮންމެ ކަމެއްގައި، ގަވާއިދާ ޚިލާފުވި ފަރާތް 750 ރުފިޔާއިން ޖޫރިމަނާ ކުރާނެކަމަށް ގަވައިދުގައި ބުނެއެވެ.

އެހެން ކަމުން ހެލްމެޓު އެޅުމަށް މަޖުބޫރުކޮށްފައިވާ ސަރަހައްދުގައި ހެލްމެޓް ނާޅާނަމަ 750 ރުފިޔާ އަށް ޖޫރިމަނާ ކުރެވޭނެއެވެ. އަދި ހެލްމެޓްގައި ހުންނަ ޖެހޭ ޝަރުތު ފުރިހަމަ ނުވާނަމަ ވެސް ޖޫރިމަނާ ކުރާ އަދަދަކީ 750 ރުފިޔާ އެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް