ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޕްރައިމަރީގައި ވޯޓު ލެވޭނެ ފަރާތްތަކުގެ ލިސްޓު އާންމުކޮށް، ޝަކުވާ ހުށައެޅިމިގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އެމްޑީޕީން އިއްޔެ ކުރި އިޢުލާނުގައި ބުނެފައިވަނީ 31 ޖެނުއަރީ 2020 ވާ (ހުކުރު) ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީގެ ވޯޓާރސް ލިސްޓަށް ޝަކުވާ ބަލައިގަނެވޭނެ އެންމެ ފަހުގެ ސުންގަޑި އަކީ 10 ޖެނުއަރީ 2020 ވާ (ހުކުރު) ދުވަހުގެ މެންދުރުފަހު 18:00 ކަމަށެވެ.
ޝަކުވާ ހުށައެޅުމުގެ ފުރުޞަތު އީމެއިލް މެދުވެރިކޮށް ވަނީ ހުޅުވާލައިފިއެވެ. ޝަކުވާ ހުށައަޅާ ފޯމާއި މެމްބަރޝިޕް ޗެކް ކުރެވޭނެ ލިންކު ވަނީ އެމްޑީޕީގެ ވެބްސައިޓުގައި އާންމުކޮށްފައެވެ.
ވޯޓު ދިނުމުގެ ހައްޤުލިބިފައިވާ މެމްބަރުން ލިސްޓު ޗެކު ކުރުމަށް
ވޯޓު ދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓްރީއާއިބެހޭ ޝަކުވާ ހުށަހަޅާ ފޯމް




