ރީކޯ މޫސަ

ރަނގަޅު މޮޅުބޭސް ޔޫރަޕުން ވިޔަސް ރައްޔިތުންނަށް ހޯއްދަވައިދެއްވާ - ރީކޯ މޫސަ

ނުރައްކާތެރި ގިނަ ބަލިތަކެއް ރާއްޖޭގައިވެސް ފެތުރެމުންދާއިރު، ރަނގަޅު މޮޅުބޭސް ޔޫރަޕުން ވިޔަސް ރައްޔިތުންނަށް ހޯއްދަވައިދެއްވުމަށް މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މުސަ ގޮވައިލައްވައިފިއެވެ.

ރީކޯ މޫސަ މިހެން ވިދަޅުވެފައިވަނީ އަހަރަކު އެތައް މިލިއަން ޑޮލަރެއް ބޭސްފަރުވާއަށް ޚަރަދު ކުރާ އިރު، އަވައްޓެރި ޤައުމުތަކުން ބޭސްފަރުވާ ކުރާތާ ބަރާބަރު 30 ހަކަށް އަރުވެއްޖެކަމަށް ބުނެ ކުރައްވާފައިވާ ޓްވީޓެއްގައެވެ.

ރީކޯ ވިދާޅުވީ ރާއްޖޭގައި ކެންސަރު އާންމުވެއްޖެ ކަމަށާއި އަދި 2 ވައްތަރެއްގެ ހަކުރު ބަލިވެސް ރައްޖޭގައި އާންމުވެފައިވާ ކަމަށެވެ. "ރާއްޖޭގެ ހޮސްޕިޓާތަކަށް މޮޅު ބޭހާއި މޮޅު އާލާތްތައް ތަންކޮޅެއް ދުރުން ގެންނަންވީ" ރީކޯ ވިދާޅުވިއެވެ.

ރީކޯ އިތުރަށް ވިދާޅުވެފައިވަނީ އާސަންދަ ތަޢާރަފްކުރީ ދަޢުލަތުގެ ޚަރަދުގައި ރައްޔިތުންނަށް ހިލޭ 'ރަނގަޅު' ބޭސްފަރުވާ ހޯދައިދޭންކަމަށާއި، ޤައުމުތަކުގަ އުފައްދާ ބޭސް އަގުހެޔޮކޮށް ހޯދައިގެން ރައްޔިތުންނަށް ދޭކަށްނޫ ކަމަށެވެ.

އެހެން ކަމުން ރީކޯ ވަނީ ކިރިޔާވެސް ބަޖެޓުން ދެކޮޅު ޖެހޭނަމަ ރަނގަޅު މޮޅުބޭސް ޔޫރަޕުން ވިޔަސް ރައްޔިތުންނަށް ހޯދައިވެއްވުމަށް ގޮވައިލައްވާފައެވެ.

އަވަށްޓެރި ބައެއް ޤައުމުތަކުން ސަރުކާރުގެ ޚަރަދުގައި ހިލޭ ބޭސް ފަރުވާކުރެވޭނެ އިންތިޒާމްތައް ހަމަޖެހިފައިވާއިރު، ގިނަ އަދަދެއްގެ ބަޔަކު މި ޚިދުމަތުގެ ބޭނުން ދަނީ ހިފަމުންނެވެ. އެގޮތުން އެންމެ ގިނައިން ދިވެހިން ބޭސްފަރުވާއަށް ދަނީ އަވަރަށްޓެރި އިންޑިއާއަށެވެ.

އިންޑިއާ އިން ކެންސަރުފަދަ ނުރައްކާތެރި ބަލިތަކަށް ބޭސްފަރުވާ ކުރާ ދިވެހިންގެ އަދަދުވަނީ އިންތިހާއަށް އިތުރުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ