އަލްހާން ފަހުމީ ޕީޕީއެމްގެ ރިޔާސީ ކެމްޕއިންގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ | ފޮޓޯ : އަވަސް

އަޅުގަނޑަކީ އެމްޑީޕީ މީހެއް، ތާއީދު ކޮށްދެއްވާ : އަލްހާން

އަލްހާން ފަހުމީ އަކީ އެމްޑީޕީ މީހެއް ކަމަށާއި އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ތާއީދު ކޮށްދެއްވުމަށް އަލްހާން އެދިލައްވައިފިއެވެ.

އަލްހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީ އަށް އަލްހާން ކޮށްދިން ޚިދުމަތަކީ ދިވެހި ރައްޔިތުންނަށް ކޮށްދިން ޚިދުމަތެއް ކަމަށެވެ. ވަކި ކުލަޔަކަށް ނުބައްލަވާ މިފަހަރު މާލޭ މޭޔަރަކަށް އަލްހާން އަށް ތާއީދު ކޮށްދެއްވުމަށްވެސް އަލްހާން ވަނީ އެދިލައްވާފައެވެ.

އެއަށް ފަހު އަލްހާން ވިދާޅުވީ "އަޅުގަނޑަކީ އެމްޑީޕީ މީހެއްވެސްމެ" ކަމަށެވެ. އެމްޑީޕީގެ މެމްބަރުން ފުންކޮށް ވިސްނަވާ މާޒީ ހަނދާނަށް ގެންނެވުމަށް އަލްހާން ކުރެއްވި ޓްވީޓުގައި ބުނެފައި ވެއެވެ.

އޭގެ ކުރިން އަލްހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މާލޭގެ ވެރިކަން އެމްޑީޕީ އަށް ދިނުން ރަނގަޅެއް ނުވާނެ ކަމަށެވެ. މައި ސަރުކާރުގެ ދަށުވެ، މިނިވަންކަން ގެއްލިފަ އޮންނަ ކައުންސިލަކަށް ރަނގަޅަކަށް ޚިދުމަތެއް ނުކުރެވޭނެ ކަމަށްވެސް އަލްހާން ވިދާޅުވެފައި ވެއެވެ. މިދިޔަ އެއްއަހަރު ދުވަހަކީ މިކަމުގެ ސާފު ހެކިކަމަށާއި އަދިވެސް ދައްކަނީ މުއިއްޒު ބާރުތައް ނެގި ވާހަކަ ކަމަށްވެސް އަލްހާން ވިދާޅުވިއެވެ. ޖަޒީރާ ރާއްޖެ" އަކީ ހުވަފެނެއް ކަމަށްވެސް އަލްހާންވަނީ ވިދާޅުވެފައެވެ.

އަލްހާން ކުރެއްވި ޓްވީޓުގައި ރައީސް ނަޝީދު އަދި ރައީސް ސޯލިހު އާއި އެކު ނަގާފައިވާ ފޮޓޯ އަކާއި ރައީސް ނަޝީދު މިނިވަން ކުރަން ގޮވާލާ އެއްވި އެއްވުމެއްގެ ފޮޓޯއެއްގެ އިތުރުން ދެން ހުރީ އަލްހާން އިސްވެ ބޭއްވި "ނިއު އެމްޑީޕީ" ގެ އެއްވުމުގެ ފޮޓޯ އެކެވެ.

އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުކަން ކުރެއްވި އަލްހާން އެންމެ ފުރަތަމަ ހަރަކާތްތެރިވީ ރައީސް މައުމޫންގެ އަރިހުގައި ޑީއާރްޕީގަ އެވެ. އޭގެފަހުން ކުލަގަދަ ޖަލްސާއެއްގައި އެމްޑީޕީއާ ގުޅިވަޑައިގަތެވެ. އެމްޑީޕީ ތެރެއިން ނިއު އެމްޑީޕީއެއް އުފައްދަން އުޅުއްވުމަށްފަހު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެތެވެ. އަނެއްކާ އެ ޕާޓީއިން ވެސް ވަކިވެ، އެމްޑީޕީއާ ގުޅުނެވެ. އެމްޑީޕީއިން އޭނާ އެ ފަހަރު ވަކިކުރީ އެވެ.

އެއަށްފަހު އަލްހާން ވަނީ ޕީޕީއެމް އާއި ގުޅި މިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ތާއީދު ކުރައްވާ ކެމްޕެއިން ކުރައްވާފައެވެ. އިންތިހާބުން ރައީސް ބަލިވުމާއިއެކު އަލްހާން ވަނީ ޕީޕީއެމް އިންވެސް ވަކިވެފައެވެ. މިދިޔަ މަޖިލިސް އިންތިޚާބުގައި އަލްހާން ވަނީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި މަޖިލީހަށް ކުރިމަތިވެސް ލާފައެވެ.

އަލްހާންގެ އިތުރުން ޕީޕީއެމްގެ ނައިބު ރައީސް މުއިއްޒު އަދި މާލޭ ސިޓީ ކައުންސިލްގެ ފުރަތަމަ މޭޔަރު ސަރަނގު އާދަމް މަނިކު ވަނީ މާލޭ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރެއްވުމަށް އެމްޑީޕީ ޓިކެޓު ދޭނެ ފަރާތެއް ހޮވުމަށް ބާއްވާ އެމްޑީޕީ ޕްރައިމަރީގައި މިހާރުގެ މާލެ ސިޓީ މޭޔަރު ޝިފާ ޑެޕިއުޓީ މޭޔަރ ޝަމާއު އަދި އެމްޑީޕީގެ ސެކްރަޓަރީ ޖެނަރަލް އަނަސް ވެސް ވާދަ ކުރައްވާނެކަމަށް އިޢުލާން ކުރައްވާފައި ވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

7 Responses

  1. އަސްލު

    ތީ 3 ފަށް ވެފައިވާ ބޯވާއެއް

  2. މީހެއް

    ޟ

  3. މީހެއް

    ދެފުއްކެހެރި އެއްތަކޮންތާއިދެއް

  4. ބްލާބްލާ

    ޢެކްސްޕަޔަރޑް ÷ޕްރޮޑަކްޓް. ވީ ޑޯންޓް އީވަން ކޮންސިޑަރ ދިސް އަލްހާން އެލިޖިބަލް ޓު ކޮމްޕީޓް

  5. މީހެއް

    alhaan kae dhen mdp ey kiyaagen aharumen athun vot hoadhan noolhey kaedhey kuraane kameh nethiyya bodu kannehyah

  6. ނޫރު

    ކަލޭ ދެން އެމްޑީޕީ ޕްރައިމަރީގައި ވާދަ ކުރަންވީއެއްނު

  7. ޗާލީ 13

    ތިޔައީ އެމް ޑީ ޕީ އަށް ވަރަށް ބަލާބޮޑުކުރި މީހެއް، ތިސޮރު ނޫޅޭ ޕާރޓީއެއް ނެތް، ކޮންމެ ކައިވެނި ޕާރޓީއަކަށްވެސް ދާނެ، ލަދެއްވެސް ނުގަނޭ އެމް ޑީ ޕީ އޯ ކިޔަން…..

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ