އަންނަ ލޯކަލް ކައުންސިލް އިންތޚާބިގައި ވާދަކުރުމަށް އެމްޑީގެ ޓިކެޓު ދިނުމަށް ބާއްވާ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުޞަތު އޮންނާނީ މިއަދު ހަވީރު 6:00 ގެ ކުރިން ފޯމު ހުށައަޅުއްވާ ފަރާތްތަކަށްކަމަށް އެމްޑީޕީން ބުނެފިއެވެ.
މިއަދު ޕްރައިމަރީގެ އެޕްލިކޭޝަން ފޯމު ބަލައިގަންނާނީ މިއަދު މެންދުރު ފަހު 2:30 އިން ހަވީރު 6:00 އަށެވެ. އެޕްލިކޭޝަން ފޯމު އީމެއިލް މެދުވެރިކޮށްވެސް ފޮނުވޭނެ އެވެ.
އެމްޑީޕީ އިން އާންމުކޮށްފައިވާ ޕްރައިމަރީގައި ވޯޓު ލެވޭ ފަރާތްތަކުގެ ލިސްޓަށް ސަކުވާ ހުށައެޅުމުގެ ފުރުޞަތު އޮންނާނީވެސް މިއަދު ހަވީރު 6:00 އާއި ހަމަޔަށް ކަމަށް އެޕާޓީން ވަނީ ބުނެފައެވެ. ޝަކުވާ ހުށައަޅާ ފޯމާއި މެމްބަރޝިޕް ޗެކް ކުރެވޭނެ ލިންކު ވަނީ އެމްޑީޕީގެ ވެބްސައިޓުގައި އާންމުކޮށްފައެވެ. އީމެއިލް މެދުވެރިކޮށްވެސް ސަކުވާ ހުށައެޅޭނެ އެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގަ, އެމްޑީޕީގެ ފަރާތުން ވާދަކުރާ ފަރާތްތައް ކަނޑައެޅުމަށް ބާއްވާ އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީގައި ވާދަކުރުމަށް 958 ފަރާތަކުން ފޯމު ހުށަހަޅައިފިއެވެ.




