ކުޅުދުއްފުށި އެއަރޕޯޓް - ފޮޓޯ: ޕީއެސްއެމް

ކުޅުދުއްފުށި ސިޓީގެ އިންތިޚާބީ ދާއިރާތަކާއި، އަންހެނުންނަށް ޚާއްސަ ދާއިރާތައް ކަނޑައެޅުން މިރޭ

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި 2020 ގައި ކުޅުދުއްފުށި ސިޓީގެ އިންތިޚާބީ ދާއިރާތައް އިޢުލާނު ކުރުމާއި، އަންހެނުންނަށް ޚާއްސަ ދާއިރާތައް ކަނޑައެޅުމަށް ބާއްވާ ގުރުއަތުނެގުން މިރޭ އޮންނާނެ ކަމުގައި އިލްކެޝަން ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަން ކޮމިޝަނުން ކޮށްފައިވާ ޓްވިޓެއްގައި ބުނެފައި ވަނީ މި ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށި ސިޓީގައެވެ. މި ރަސްމިއްޔާރު އޮންނާނީ މިރޭ 21:00 ގައި ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލްގައެވެ. މި ރަސްމިއްޔާތު އިލެކްޝަން ކޮމިޝަންގެ ޓްވީޓާ އަދި ފޭސްބުކް އިން ލައިވް ކުރެވޭނެކަމަށްވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

https://twitter.com/ElectionsMv/status/1215577005644582912

ކުޅުދުއްފުއްޓަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ 01 ޖަނަވަރީ 2020 ގައެވެ. އެއާއެކު ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ކުޅުދުއްފުށި ސިޓީގައި އިންތިޚާބު ކުރާނީ ސިޓީ ކައުންސިލެކެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ކުޅުދުއްފުށީގެ ސިޓީ ކައުންސިލަށް އިންތިހާބު ކުރާނީ ޖުމްލަ ހަތް ކައުންސިލަރުންނެވެ. އެއީ މުޅި ސިޓީގެ މީހުންގެ ވޯޓުން އިންތިޚާބު ކުރާ ސިޓީ މޭޔަރާއި، ވަކިވަކި ހަ ދާއިރާއަކުން އިންތިހާބު ކުރާ ހަ ކައުންސިލަރުންނެވެ.

ސިޓީގެ މޭޔަރ އިންތިޚާބު ކުރަން ނަގާ ވޯޓްގައި ހަމައެކަނި ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނަށް ވޯޓްލެވޭއިރު، ހދ. އަތޮޅު ކައުންސިލްގެ ރައީސްގެ އިންތިޚާބުގައިވެސް ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނަށް ވޯޓް ލެވޭނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ