ރައީސް ޔާމީނު ސަރުކާރުގައި ސަރުކާރުގެ އެކި ކުންފުނިތަކުން ވަޒީފާ ދިން ފަރާތްތަކުންވެސް ރައީސް ޔާމީނު ޖަލަށްލުމުންވެސް އެއްވެސް އެއްޗެއް ނުބުނެ ހިމޭނުން ތިއްބަވާތީ ރައީސް ޔާމީނުގެ ވަކީލު އާސިފް ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.
ރައީސް ޔާމީނު ޖަލުގައި ބަޔާޅީސް ދުވަސް ވީއިރުވެސް ރައީސް ޔާމީނު ސަރުކާރުގައި ސަރުކާރު ކުންފުނިތަކުން ވަޒީފާ ދިން ފަރާތްތައް ކޮބާތޯ ރައީސް ޔާމީނުގެ ވަކީލު އާސިފް ސުވާލު ކުރައްވާފައި ވެއެވެ.
އާސިފް ވިދާޅުވީ އެޗްޑީސީ، އެމްޕީއެލް، އެމްޓީސީސީ އަދި މިފްކޯ ފަދަ ތަންތަނުން ހާދަ ގިނަ ބަޔަކަށް ވަޒީފާތަކާއި ފައިދާތައް ލިބިފައިވާ ކަމަށެވެ. ހެންވޭރާއި މާފަންނުގައި އޮފީސް ހަދައިގެން ވަޒީފާއާއި އިނާޔަތްތައް މިދެވުނީ ބޯވަ ތަކަށްތޯ އާސިފު ސުވާލު ކުރެއްވިއެވެ. މިވާހަކަ ތައް ދައްކަންޖެހޭ ކަމަށް އާސިފު ވިދާޅުވިއެވެ.
#HDC MPL MTCC MIFCO fadha thanthanun haadha bayakah vazeefaa thakaai benefits thah libuney.
— Lawyer Asif?sub-zero tolerance (@Aattoa) January 9, 2020
RaeesYameen golheega bayaalhees dhuvas veeiru mi enmenthah koba?
Henveyraa maafannuga ofees hadhaigen vazeefa aai inaayai thah mi dhevunee boava thakakahbaa?
Mi vaahaka miadhu dhakkanjehey
ރައީސް ޔާމީން ވެރިކަން ވެއްޓުމާއި އެކު އެންމެ އަރިހުގައި މަސައްކަތް ކުރެއްވި ގިނަ ފަރާތްތަކެއް ވަނީ ޕީޕީއެމް އިން ވަކިވެ ޖުމްހޫރީ ޕާޓީ އަށްވެސް ސޮއިކޮށްފައެވެ. މިއާއިއެކު ޔާމީން ޖަލަށްލުމުންވެސް މިއިން އެއްވެސް ފަރާތެއް މީޑިއާގައި އެއްވެސް އެއްޗެއް ބުނިތަނެއް ނުފެނެއެވެ.
ރައީސް ޔާމީން ޖަލަށް ލުމުން ޕީޕީއެމް އޮފީސް ކުރިމަތީ ދެތިން ރެޔަކު އިދޮކޮޅުން ބޭއްވި އެއްވުންތަކުންވެސް ފެނިފައިވަނީ މަދު ބަޔެކެވެ. ކުޑަ ދުވަސްކޮޅަކު މިއެއްވުންތައް ބޭއްވި ނަމަވެސް މިހާރު މިއެއްވުންތައް ބާއްވާތަނެއްވެސް ނުފެނެއެވެ.



