ޒުވާން ރޭނިއާ ރެއަލްމެޑްރިޑްގެ މެޑިކަލްސްއިން ފާސްވެއްޖެ

ފްލެމެންގޯގެ މެދުތެރެއަށް ކުޅެމުން އަންނަ ޒުވާން ރޭނިއާ ރެއަލްމެޑްރިޑްގެ މެޑިކަލްސްއިން ފާސްވެއްޖެކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އުމުރުން 17 އަހަރުގެ ރޭނިއާއަށް ރެއަލްމެޑްރިޑްގެ އިތުރުން ބާސެލޯނާއިންނާއި މެންޗެސްޓާރ ސިޓީއިންވެސް އައީ ފާރަލަމުންނެވެ.

ބްރެޒިލްގެ 23 އަހަރުގެ ޤައުމީ ޓީމުގައިވެސް ހިމެނޭ ރޭނިއާ ރެއަލްމެޑްރިޑަށް ދިއުމުގެ ކުރިން ހަދަންޖެހޭ މެޑިކަލް ޓެސްޓްތަކުގެ ތެރެއިން ފުރަތަމަ ޓެސްޓުން ފާސްވެފައިވާއިރު، އޭނާވަނީ މިދިޔަ ސީޒަންގައި ކޮޕާ ލިބަޓަޑޯރެސް ކާމިޔާބުކޮށްފައެވެ.

މިދިޔަ ނޮވެމްބަރު މަހު އެތުލެޓިކޯ މެޑްރިޑްއިން ރޭނިއާ ހޯދުމަށް މަސައްކަތްކޮށްފައިވާއިރު، ވާހަކަވެސް ދެކެވިފާއިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ރޭނިއާ އާއި ބެހޭގޮތުން ވާހަކަ ދައްކަމުން ބްރެޒިލްގެ ކުރީގެ ތަރި ރިވާލްޑޯ ބުނީ، ރޭނިއާއަކީ ބްރެޒިލްގައި ހުރި ޒުވާން އެންމެ މޮޅުކުޅުންތެރިޔާކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ