ރީކޯ މޫސަ

ރައީސް ޔާމީނަށްވެސް އެހެން މީހުންނަށް ލިބުނު ލުއިތައް ލިބެން ޖެހޭ - ރީކޯ

ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމަށްވެސް، އެހެން މީހުންނަށް ލިބުނު ލުއިތައް ލިބެން ޖެހޭ ކަމުގައި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސަ ވިދާޅުވެއްޖެއެވެ.

ރީކޯ މޫސަ މިހެން ވިދާޅުވެފައި މިވަނީ ރައީސް ޔާމީން ކަފާލާތުގެ ދަށުން ގޭ ބަންދަށް ބަދަލުކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާ ދުވަސް ވަރެއްގައެވެ. ނަމަވެސް އެމަސައްކަތް ކާމިޔާބުވާ ގޮތް ވަނީ ނުވެފައެވެ.

ރީކޯ ވިދާޅުވެފައިވަނީ ސިޔާސީ އެހެން ލީޑަރުން ޖަލަށް ލީމަ އެކި ގޮތްގޮތުން ލުއި ހޯދަން ގޮވި މީހުން މިއަދު ރައީސް ޔާމީން ކަމަށް ވީތީ، އުމުރަށް ޖަލުގަ ބާއްވަން ބޭނުންވެފައިވާކަމަށެވެ.

ރައީސް ޔާމީން މައްސަލާގައި މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެފައިވަނީ ހުކުމެއްކޮށްފައި ހުރި މީހަކު ކަފާލާތުގެ ދަށުން ދޫކުރެވޭނެ އުސޫލެއް ރާއްޖޭގައި ކަނޑައެޅިފަ ނެތް ކަމަށެވެ. ނަމަވެސް ރައީސް މަޢުމޫނުއާއި، ޤާސިމް އިބްރާހީމް ފަދަ ސިޔާސީ ލީޑަރުން މީގެ ކުރިން ކަފާލާތުގެ ދަށުން ގޭ ބަންދަށް ވަނ ބަދަލުކޮށްފައެވެ.

ކަފާލާތުގެ ދަށުން ރައީސް ޔާމީން މިނިވަން ކުރުމަށް ކޯޓަށް ހުށަހަޅާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. Hiriya

    Ehen meehunnah kuri kahala baiykakkaa
    kulhey hukumeh noon yaameenah kuree kee.. Ehen v ma luyeh dheykah nujeheyne

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ