ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީޢަތް ނިމެންދެން އެމަނިކުފާނު ހައްޔަރު ކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ އިސްތިއުނާފް ޝަރީއަތް މިއަދު ހައިކޯޓުގައި ފެށުމަށް ފަހު ޝަރީޢަތުގެ އަޑުއެހުން ސިއްރު ކޮށްފިއެވެ.
ޔާމީންގެ މައްސަލައިގެ އިސްތިއުނާފު ޝަރީއަތް ސިއްރު ކޮށްފައިވަނީ ކޮން ސަބަބަކާ ހުރެކަން އަދި ވަނީ ސާފުވާގޮތް ނުވެފައެވެ.
ފެބްރުއަރީ 13 ވަނަ ދުވަހު ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ އުފުލާފައިވާއިރު، ހެއްކަށް ނުފޫޒު ފޯރުވާކަމަށް ތުހުމަތުކޮށް ޝަރީޢަތް ނިމެންދެން ޔާމީން ހައްޔަރުކޮށްފައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރު ކުރީ ފެބްރުއަރީ 18 ވަނަ ދުވަހުއެވެ.
އެމަނިކުފާނު ޖަލުގައި ބަންދު ކުރެވުނު ފަހުން ޞިއްޙީ ޚާލުކޮޅު ގޯސްވެގެން ތަކުރާރުކޮށް އައިޖީއެމް ހޮސްޕިޓަލްގައި އެޑްމިޓް ކުރެވިފައިވާއިރު، އެމަނިކުފާނު ދޫކޮށްލުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އޮންރަބަލް ޤާސިމް އިބްރާހީމްވެސް ވަނީ ގޮވާލައްވާފައެވެ.