އައިޓީބީ ފެއަރ

ޖަރުމަނު ވިސާ ދޫކުރުމަށް ވަގުތީ ބަޔޯމެޓްރިކް ކްލިނިކެއް ހުޅުވަނީ

ޖަރުމަންވިލާތަށް ދަތުރުކުރުމަށް ބޭނުންވާ ޖަރމަން ޝެންގެން ވިސާ ނެގުމަށް ވަގުތީ ގޮތުން ޖަރމަން-ޝެންގެން ވިސާ ބަޔޯމެޓްރިކް ކްލިނިކެއް މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގައި ހުޅުވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ޖަރމަން-ޝެންގެން ވިސާ ބަޔޯމެޓްރިކް ކްލިނިކް ހުޅުވުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ 3 އިން 5 އަށް ކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް އިން މައުލޫމާތު ދެއެވެ. އަދި މިދުވަސްތަކުގައި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ހަވީރު 6:00 އަށް ހިދުމަތް ދޭނެކަމަށް ވެސް ފޮރިން އެފެއަރޒް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މި ކްލިނިކް އިންތިޒާމްކުރަނީ ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަ ޖަރުމަންވިލާތުގެ އެމްބަސީގެ ފަރާތުންނެވެ.

މި ވިސާ ކްލިނިކަކީ ޖަރުމަންވިލާތަށް، ޚާއްސަކޮށް އައިޓީބީ ފެއަރއާ ދިމާކޮށް ޖަރުމަންވިލާތުގެ ބަރލިންއަށް ޒިޔާރަތްކުރާ ދިވެހިންނަށް ޝެންގެން ވިސާ ނެގުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ ކްލިނިކެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ