އިންޑޮނޭޝިއާއި ދިވެހިރާއްޖޭގެ އަސްކަރީ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މިއަދު މަޝްވަރާ ކުރައްވައިފިއެވެ.
މިކަމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައި މިވަނީ އިންޑޮނޭޝިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޓާޗޭ ކެޕްޓަން އަސްދި ޔާސިން ޔަނުއަރ ޕްރިބަދީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި މިއަދު ކުރެއްވި ބައްދަލުވުމުގައެވެ.
މިބައްދަލުކުރެއްވުމުގައި ދެ ގައުމުގެ އަސްކަރީ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައި ވާއިރު މި ބައްދަލުވުން ބާއްވާފައިވަނީ އެމްއެންޑީއެފްގެ މައިމަރުކަޒު ބަންޑާރަކޮށީގައެވެ.



