ވަލްވާޑޭ ވަކިކޮށް ބާސެލޯނާގެ ކޯޗުކަމަށް ކީކޭ

އާނެސްޓޯ ވަލްވާޑޭ ވަކިކޮށް ބާސެލޯނާގެ ކޯޗުކަމަށް ކީކޭ ސެޓިއެން ހަމަޖައްސައިފިއެވެ.

ކުރިން ރެއަލް ބެޓިސްއަށް ކޯޗުކޮށްދިން ކީކޭއަކީ ބާސެލޯނާގެ ކުޅުން ދަންނަ އެކުޅުމާއި ވަރަށް ރައްޓެހި ކޯޗެކެވެ.

ވަލްވާޑޭ ވަކިކޮށް ކީކޭ އާ ކޯޗުކަމަށް ބާސެލޯނާއިން ހަމަޖައްސާފައިމިވަނީ ވަލްވާޑޭއާއެކު ބާސެލޯނާއިން މިފަހަކަށް އައިސް ނެރެމުންދާ ނަތީޖާތަކާއި ގުޅިގެން ފާޑުކިއުންތައް އަމާޒުވެފައިވާ ދުވަސް ވަރެއްގައެވެ. އެގޮތުން މިދިޔަ ހަފްތާގައި ބާސެލޯނާވަނީ އެތުލެޓިކޯ މެޑްރިޑް އަތްދަށުވެ ސުޕަރކޮޕާއިން ކަޓައިފައެވެ.

"ކީކޭއާއި ބާސެލޯނާއާއި ވެވުނު އެއްބަސްވުމުގެ ދަށުން ބާސެލޯނާގެ ކޯޗު ކަމުގައި ކީކޭ 30 ޖޫން 2022 އާއި ހައަށް ދެމިހުންނާނެ." ބާސެލޯނާގެ އޮފިޝިއަލް ވެބްސައިޓްގައި ލިޔެފައިވެއެވެ.

ކީކޭގެ ކޯޗިން ކެރިއަރ ފަށާފައިވަނީ 2001 ވަނަ އަހަރު ރޭސިން ސަންޓަންޑާއިންނެވެ. އެއަށްފަހު ލަލީގާ2 ގެ ގިނަ ކްލަބްތަކަކަށް ކޯޗުކޮށްދިން ކީކޭވަނީ ރެއަލްބެޓިސްއާއި ގުޅުމަށްފަހު ލަލީގާގެ ތަޖުރިބާވެސް ކޮށްފައެވެ. 2017 ޖުލައިގައި ރެއަލް ބެޓިސްއާއި ގުޅުނު ކީކޭވަނީ 2019 ޖޫންއާއި ހަމައަށް އެކްލަބަށް އިރުޝާދު ދީފައެވެ.

ވަލްވާޑޭ ބާސެލޯނާގެ ކޯޗުކަމާއި ޙަވާލުވެފައިވަނީ 2017 ވަނަ އަހަރުއެވެ. އެއަށްފަހު ބާސެލޯނާގައި ދެސީޒަން ހަމަކޮށްފައިވާއިރު ވަލްވާޑޭވަނީ ބާސެލޯނާއާއެކު ފުރަތަމަ ސީޒަންގައި ލަލީގާއާއި ކޮޕަޑެލްރޭ ކާމިޔާބުކޮށްފައެވެ. އަދި ސުޕަރކޮޕާގެ ދެވަނަ ލިބުނުއިރު ޗެމްޕިއަންސް ލީގުގައި ދެވުނީ ކުއާޓާއި ހަމައަށެވެ.

ދެވަނަ ސީޒަންގައި ލަލީގާއާއި ސުޕަރކޮޕާ ކާމިޔާބުކުރިއިރު، ކޮޕަޑެލްރޭއިން ލިބުނީ ދެވަނައެވެ. އަދި ޗެމްޕިއަންސް ލީގުގައި ދެވިފައިވަނީ ސެމީ ފައިނަލްއާއި ހަމައަށެވެ.

މިސީޒަންގައި މިހާތަނަށް ކުޅުނު 19 މެޗުން ލިބުނު 40 ޕޮއިންޓާއެކު ބާސެލޯނާއަށް ލަލީގާގެ އެއްވަނަ ލިބެނީ ވާދަވެރި ރެއަލްމެޑްރިޑަށްވުރެ، ފައިދާ ދެ ގޯލް އިތުރަށް އޮވެގެންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ