ލީކް ކޮށްލި "ބަވަތި" ފޭސްބުކް އިން ނަގައިފި!

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރިލީޒްކުރި ކާމިޔާބު ފިލްމް "ބަވަތި" ވަނީ ދާދިފަހަކުން ސޯޝަލް މީޑިއާގައި ލީކް ކޮށްލައިފައެވެ. އެހެންނަމަވެސް ޔޫޓިއުބް އަދި ފޭސްބުކްގައި ލީކް ކޮށްލައިފައިވާ މި ފިލްމް މިހާރު ވަނީ މި ދެ ޕްލެޓްފޯމުންވެސް ފޮހެލާފައެވެ.

ހާށަވިޔަނި" ކިޔާ ޗެނަލަކުން މިފިލްމު ޔޫޓިއުބުގައި ލީކުކޮށްލާފައިވާއިރު، ފޭސްބުކްގެ ޕޭޖްތަކުގައިވެސް ފިލްމް ވަނީ ލީކްކޮށްލައިފައެވެ. މިކަމާ ގުޅިގެން ފިލްމްގެ ޑައިރެކްޓަރ އިލްޔާސް ވަހީދު ބުނީ، ފިލްމް ލީކް ކޮށްލައިފައިވަނީ ދިރާގު ޓީވީގެ އޮން ޑިމާންޑް ޕްލެޓްފޯމް ސްކްރީންކޮށްގެން ކަމަށް ބެލެވޭކަމަށެވެ. ބަވަތި ވަނީ، ދިރާގް ޓީވީ އޮންޑިމާންޑް ޕްލެޓްފޯމުގައި މިދިޔަ ޑިސެމްބަރު މަހު ރިލީޒްކޮށްފައެވެ.

ރިލީޒްކުރާ ބޮޑެތި ފިލްމްތައް ލީކް ކުރުން ރާއްޖޭގައިވެސް މިހާރު އާއްމުވެފައިވާއިރު، ދާދިފަހަކުން ޑައިރެކްޓަރު މުއާގެ "ލީނާ" ވެސް ވަނީ ޔޫޓިއުބްގައި ލީކްކޮށްލައިފައެވެ.

ބަވަތި މި ފިލްމަކީ، މާލޭގެ މުއްސަނދި ޒުވާން ފިރިހެނަކު، އަތޮޅުތެރޭ ރަށަކަށް ގޮސް އުޅެނިކޮށް ދިމާވާ އަންހެން ކުއްޖަކަށް އޭނާގެ ހިތްދެވި އެ ދެމީހުން ކައިވެނިކޮށް، ކައިވެންޏަށް ފަހު އެމީހުންގެ ދިރިއުޅުން މާލެ އަށް ބަދަލުކުރާ ހިސާބުން އެ އަންހެންކުއްޖާއަށް ކުރިމަތިވާ އާދަޔާ ޙިލާފު ކަންތައްގަނޑެއް ކިޔައިދޭ ފިލްމެކެވެ.

ބަވަތި ވެގެންގޮސްފައިވަނީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމް ތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު އެ ފިލްމަކާ ބެހޭގޮތުން ވާހަކަދެއްކި ކާމިޔާބު ފިލްމަކަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ